މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސަރވިސަސްއިން މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތަށް މީހުން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ފުރަތަމަ ނަންބަރު

 IUL)447-PR/1/2018/37) އިޢުލާން އާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

މި ސަރވިސަސްއިން މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތަށް ތިރީގައި މިދަންނަވާ ޢަދަދަށް މީހުން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

04 ކާޕެންޓަރ

02 އިލެކްޓްރިޝަން

04 މޭސަން

30 ލޭބަރ

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 މެއި 20 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް  2018 މެއި 15 ވާ އަންގާރަ ދުވަހުގެ ހެނދުނު 08:00 ފެށިގެން 2018 މެއި 20 ވާ އާދީއްތަ ދުވަހުގެ 11:00ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 3020852 އާއި 3020853 އަށް ގުޅުއްވުން އެދެމެވެ.

28 ޝަޢުބާން   1439

14 މެއި      2018

14 މޭ 2018
ހޯދާ