ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ދާއިރާތަކުން ކުރުމުއްދަތާއި އަދި ދިގުމުއްދަތުގެ ކޯސްތައް މޯލްޑިވްސް ޕޮލިޓެކްނިކްގައި 18 ޖޫން 2018 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
| ވަގުތު | ޖާގަ | މުއްދަތު | ކޯހުގެ ނަން | 
| މާލެ | |||
| 
 ހެނދުނު 8:00 އިން 14:00 އަށް | 20 | 6 މަސް | ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން | 
| 40 | 18 މަސް | އެޑްވާންސްޑް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ | |
| 15 | 6 މަސް | ސެޓްފިކެޓް 3 އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް | |
| 15 | 18 މަސް | އެޑްވާންސްޑް ސެޓްފިކެޓް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް | |
| 20 | 6 މަސް | ސެޓްފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ | |
| 20 | 18 މަސް | އެޑްވާންސްޑް ސެޓްފިކެޓް އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ | |
| 20 | 24 މަސް | ޑިޕްލޮމާ އިން އޮޓޮމޯޓިވް އިންޖިނިއަރިންގ | |
| 20 | 6 މަސް | ސެޓްފިކެޓް 3 އިން ވެލްޑިންގ އެންޑް މެޝިނިންގ | |
| 15 | 6 މަސް | ސެޓްފިކެޓް 3 އިން ވެލްޑިންގ އެންޑް ޝީޓް މެޓަލް | |
| 15 | 18 މަސް | އެޑްވާންސްޑް ސެޓްފިކެޓް އިން މެޝިނިންގ އެންޑް މެކޭނިކަލް ފިޓިންގްސް | |
| 15 | 18 މަސް | އެޑްވާންސްޑް ސެޓްފިކެޓް އިން ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން | |
| ހަވީރު 16:00 އިން 22:00 އަށް | 20 | 6 މަސް | ސެޓްފިކެޓް 3 އިން އިންފޯމޭޝަން ޓެކްނޮލޮޖީ | 
| 25 | 12 މަސް | އެޑްވާންސްޑް ސެޓްފިކެޓް އިން އާރކިޓެކްޗަރަލް ޓެކްނޯލޮޖީ އެންޑް ޑިޒައިންގ | |
| 25 | 18 މަސް | ޑިޕްލޮމާ އިން އާރކިޓެކްޗަރ | |
| 25 | 18 މަސް | ޑިޕްލޮމާ އިން ސިވިލް އިންޖިނިއަރިންގ | |
| 25 | 18 މަސް | ޑިޕްލޮމާ އިން ބިލްޑިންގ ކޮންސްޓްރަކްޝަން | |
| 20 | 6 މަސް | ބީ.ޓެކް ކޮންސްޓަރަކްޝަން | |
| 50 | 6 މަސް | ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން (ވާރޗުއަލް) | |
ޑިޕްލޮމާ ކޯސްތަކުގެ ޝަރުތު
މައިގަނޑު ޝަރުތު
ހ. ޖީ.ސީ.އީ އޭލެވެލް 2 މާއްދާ އިން ފާސްވެފައިވުން، ނުވަތަ ގުޅޭދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ ޑިޕްލޮމާ ކޯހަށް ހާއްސަކޮށްފައިވާ ލެވަލް 4 ގެ ފައުންޑޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.
އެހެނިހެން ޝަރުތު
ހ. ދާއިރާ އާއި ގުޅުން ނެތް ކަމުގައިވިޔަސް ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އެމް.ކިޔު.އޭ އެފްރޫވްޑް "ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް" ހާސިލްކޮށްފައިވުން. ނުވަތަ 20 އަހަރުފުރި، ގްރޭޑް 10 ނިންމާ އަދި ގުޅޭ ދާއިރާއަކުން 2 އަހަރުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއިއެކު އެމް.ކިޔު.އޭ އެފްރޫވްޑް ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ހާސިލްކޮށްފައިވުން.
އެޑްވާންސް ސެޓްފިކެޓް ކޯސްތަކުގެ ޝަރުތު
މައިގަނޑު ޝަރުތު
ހ. ޖީ.ސީ.އީ އޯލެވެލް / އެސް.އެސް.ސީ އިމްތިޙާނުން 3 މާއްދާ އިން ފާސްވެފައިވުން، ނުވަތަ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
އެހެނިހެން ޝަރުތު
ހ. 18 އަހަރުވެފައިވުމާއިއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. އަދި އިގިރޭސި، ދިވެހި ބަހުން ލިޔަންކިޔަން ދަތުން.
ސެޓްފިކެޓް ލެވެލް 3 ކޯސްތަކުގެ ޝަރުތު
މައިގަނޑު ޝަރުތު
ހ. ގްރޭޑް 6 ފުރިހަމަކޮށްފައިވުން، ނުވަތަ ލެވެލް 2 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.
އެހެނިހެން ޝަރުތު
ށ. 18 އަހަރު ވެފައި އަދި އިނގިރޭސި، ދިވެހި ބަހުން ލިޔަންކިޔަން ދަތުން.
ވީމާ، މިކޯސްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް މޯލްޑިވްސް ޕޮލިޓެކްނިކްއިން ކެމްޕަސްތަކުން ފޯމް ނަންގަވާ ނުވަތަ މިތަނުގެ ވެބްސައިޓް www.polytechnic.edu.mv އިން އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރައްވާ ފުރިހަމަ ކުރެއްވުމަށްފަހު 24 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 14.00 ކުރިން މޯލްޑިވްސް ޕޮލިޓެކްނިކް އަށް ފޯމް ހުށަހެޅުމަށް އެދެމެވެ. ފޯމް ހުށައަޅުއްވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ، ލިބިފައިވާ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ ހުށައެޅުމަށް އެދެމެވެ. އަދި ކޯހުގައި ޖާގަ އޮތްނަމަ ކޯސް ފެށުމުގެ ކުރިން ހުށައަޅާ ފޯމްތައްވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 3305404، 3305411 ،3305406 ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ،
21 ޝައުބާން 1439
07 މެއި 2018
 
                    