|
މަގާމު
|
އެންރޯލްޑް ނާރސް
|
|
މަގާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ނަމްބަރ: J-295454 , J-295455
|
|
ބޭނުންވާ ޢަދަދު
|
02
|
މަގާމުގެ ކްލެސިފިކޭޝަން: އ،ޓެކްނިކަލް އޮފިޝަރ ގރ 2
|
ރޭންކް: GS4
|
|
މުސާރަ
|
މަހަކު -/5020 ރުފިޔާ
|
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
|
ޑިވިޝަން/ ސެކްޝަން
|
ޓްރީޓްމަންޓް އެންޑް ޑައިގްނޯސްޓިކް
|
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
މިލަންދޫ ޞިއްހީމަރުކަޒު / ށ.މިލަންދޫ
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ތަރުޖަމާނު
- ބަލިމީހާ ޑޮކްޓަރަށް ހުށައަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވާ ދިނުމާއި، ޑޮކްޓަރަށް ބަލިމީހާ އަންގާދިނުމަށް ވިދާޅުވާ ކަންތައްތައް ވީއެންމެ ރަނގަޅަކަށް އަންގާދިނުން
- ބަލިމީހާގެ ޞިއްރުތައް ހިފެހެއްޓުން
- ޞިއްހީމަރުކަޒުގެ ސްޓެރެޓެޖިކް ޕްލޭނުގައި ވާކަންކަންހާޞިލްކުރުމަށް އެމުވައްޒަފެއްގެދާއިރާއިން އިޙުލާސްތެރިކަމާއި ހިތްވަރާއިއެކު މަސައްކަތްކުރުން
- ބަލިމީހާއަށް ޑޮކްޓަރ ލިޔެދެއްވާ ބޭސް ސީޓީ ލިޔުމުގަޔާއި އަދިވެސް މިފަދަ ކަންކަމުގައި ޑޮކްޓަރަށް އެހީވުން
- ބަލިމީހުންބަލާ ކޮޓަރިއަށް ބޭނުންވާ ތަކެތި ކޮންމެ ދުވަހަކުވެސް ހަމަކޮށް ދިނުން
- ކްލިނިކްތައް ހިންގުމުގައި ބައިވެރިވުމާއި އެހީތެރިވުން
- މެޑިކަލް ރެކޯޑުސް ތައްޔާރުކުރުމުގައި އެހީވުން
- ޑޮކްޓަރ ކޮޓަރީގެ ސާފުތާހިރުކަން ބެލެހެއްޓުމުގައި ކުރުވަންޖެހޭ މަސައްކަތްތައް ކުރުވުން
- ހަދަންޖެހޭ ރިޕޯރޓްތައް ހެދުމާއި ބަލަހައްޓަންޖެހޭ ފޮތްތައް ޤަވާއިދުން ބެލެހެއްޓުމާއި ލިޔަންޖެހޭ ފޮތްތަކުގައި ޤަވާއިދުން ލިޔުން
- ޑޮކްޓަރާއިއެކު ވާރޑް ރައުންޑްގައި ބައިވެރިވެ އެހީތެރިވެދިނުން
- ނާރސް
- ބަލިމީހުންނަށް ރަގަޅު ފުރިހަމަ ފަރުވާދިނުމާއި، އަދި މިކަމުގައި އިޙްސާންތެރިކަމާއިއެކު އޭނާގެ ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާއި ބޭނުންތައް ރައްކާތެރިކުރުމުގައި އޯގާތެރިވުން
- ޞިއްހީމަރުކަޒުގެ ސްޓެރެޓެޖިކް ޕްލޭނުގައި ވާކަންކަންހާޞިލްކުރުމަށް އެމުވައްޒަފެއްގެދާއިރާއިން އިޙުލާސްތެރިކަމާއި ހިތްވަރާއިއެކު މަސައްކަތްކުރުން
- ވޯޑްތަކުގެ ބެޑްސީޓްތަކާއި ބާލިހު އުރަތައް ދެދުވަހުން އެއްދުވަހު ބަދަލްކުރުމާއި ހަޑިވެއްޖެނަމަ ވަގުތުން ބަދަލްކުރުން
- މީހުންވިއްސުމަށް އެހީތެރިވުން
- ބްލަޑްބޭންކް، ކުޑަކުދިންގެ ކްލިނިކް އަދި މާބަނޑުމީހުންގެ ކްލިނިކާއި އެހެނިހެން ކުލިނިކްތައް ހިންގުމުގައި އެހީތެރިވުން
- ބަލިމީހުންނާއި އެހީތެރިންނަށް ބައްޔާއިބެހެގޮތުން ޑޮކްޓަރގެ ލަފާގެމަތިން އިރުޝާދު ދިނުން
- ބަލިމީހުންގެ ރެކޯޑާއި ރިޕޯރޓް ބެލެހެއްޓުމާއި، އަދި މީހެއްގެ ހާލުބޮޑުވެއްޖެނަމަ ޑޮކްޓަރަށް ނުވަތަ ސްޓާފް ނަރުހުންނަށް ދެންނެވުން
- ޑޮކްޓަރާއިއެކުގައި ވޯޑްރައުންޑަށްގޮސް އެހީތެރިވުމާއި ޑޮކްޓަރުގެ އޯޑަރުތައް ނޯޓްކޮށް އެކަންކަން ކުރުން
- ވޯޑްގައިހުންނަ އިކްއިޕްމަންޓްތައް ބަލަހައްޓާ އެތަނުގައިހުރި ނެތްތަކެތިބަލާ މަދުވާތަކެތި ހަމަކުރުން
- އެޓެންޑެންޓުންލައްވާ ކުލިނިކަލް އޭރިޔާތައް ސާފުކުރުވުމާއި ބަލިމީހުންގެ ޔުނިޓް ސާފުކޮށް ބެލެހެއްޓުން
- ވޯޑްގައި ބަލިމީހުން އެޑްމިޓްކުރުމުގައްޔާއި، ޑިސްޗާޖުކުރުމުގައި މަރުކަޒުގެ ޤަވާއިދާއި އެއްގޮތުގެ މަތިން އަމަލުކުރުން
- މީގެ އިތުރުންވެސް ޑޮކްޓަރުންނާއި މަތީގްރޭޑްތަކުގެ ނަރުހުން އަންގާކަންކަން ކުރުމުގައި އެއްބާރުލުން ދިނުން
- ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން
- އޮބްސްޓެޓްރިކް އެންޑް ގައިނޮކޮލިޖިކަލް ސްޓޮކާއި އެމާރޖެންސީ ސްޓޮކާއި ލޭބަރރޫމްގެ އެންމެހާއި ކަންކަން ބެލެހެއްޓުމާއި، ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ބޭނުންކުރާ ތަކެތީގެ ތެރެއިން ރިޕްލޭސްކުރަންޖެހޭ ތަކެތި ޚާއްސަ ސަމާލުކަމެއް ދީގެން ރިޕްލޭސްކުރުން
|
|
މަޤާމުގެ ޝަރުތުތައް
|
- ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާރސް އެއިޑް ކޯސް ފުރިހަމަ ކޮށްފައިވުން ނުވަތަ އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ ކޯސް ފުރިހަމަކޮށް، ސެޓިފިކެޓް ހާސިލްކޮށްފައިވުން
|
|
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- ޕްރެކްޓިކަލްސްއަށް ބަލައިގެން.
|
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
ވަޒީފާއަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 09:00 ން މެނދުރު ފަހު 14:00 ށް ޞިއްހީމަރުކަޒުގެ އޮފީހުން ލިބިލައްވާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 މެއި 2018 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން، ށ. މިލަންދޫ ޞިއްހީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަމްބަރަކީ، 6540519 ކެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2018 މެއި 08 ވަނަ ދުވަހުގެ ކުރިން ށ. މިލަންދޫ ޞިއްހީމަރުކަޒުގައި އޮންނާނެއެވެ. ވުމާއިއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވަ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
ޖުމްލަ އިންސައްތަ 30%
|
|
އިތުރުމަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540519 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. ފެކްސް ނަމްބަރަކީ، 6540519 އެވެ. އަދި އީ-މެއިލް ކުރާނީ ކުރާނީ [email protected] އަށެވެ.
|
| |
|
|
|
|