މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކުއަންޓިޓީ ސަރވެޔިންގް ކޮންސަލްޓަންސީ ދެއްވާނެ 3 ފަރާތެއް ހޯދުން

އިޢުލާން

ކުއަންޓިޓީ ސަރވެޔިންގް ކޮންސަލްޓަންސީ ދެއްވާނެ 3 ފަރާތެއް ހޯދުން

މިނިސްޓްރީގެ އަދި ސަރުކާރުގެ ބައެއް މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި ކުއަންޓިޓީީ ސަރވެޔިންގް ކޮންސަލްޓަންސީ ދެއްވާނެ 3 ފަރާތެއް ހޯދުމަށް މި މިނިސްޓްރީންކޮށްފައިވާ ނަންބަރު IUL)138-CS1/138/2018/27) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ މަސައްކަތްކުރުމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ.

މިމަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު އަދި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި އެހެނިހެން ތަފުސީލާއެކު އަންނަނިވި ތާވަލުގައިވާ ގޮތުގެ މަތީން މި މިނިސްޓަރީއަށް އަންދާސީ ހިސާބު ހުށަހަޅުއްވައި ދެއްވުން އެދެމެވެ.

ތާރީޙް

ވަގުތު

ތަފްސީލް

17 އޭޕްރިލް 2018 (އަންގާރަ)

-

އިޢުލާންކުރުމާއި ޓީ.އޯ.އާރު ދޫކުރުން

29 އޭޕްރިލް 2018 (އާދީއްތަ)

 14:00ގެ ކުރިން

ސުވާލު ހުށަހެޅުމަށް އެއްމެ ފަހުގެ ތާރީޙް

30 އޭޕްރިލް 2018 (ހޯމަ)

 14:00ގެ ކުރިން

ސުވާލުތަަކަށް ޖަވާބުދޭނެ އެއްމެ ފަހުގެ ތާރީޙް

2 މޭ 2018 (ބުދަ)

10:00 އަށް

އަންދާސީ ހިސާބު ހުށަހެޅުއްވުން

 

އިތުރު މައުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު 3004172 ނުވަތަ 3004306 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

17 އެޕްރީލް 2018
ހޯދާ