ދިވެހިރާއްޖެ
އިޢުލާން
ގ.ދ. ތިނަދޫ ބިޒްނަސް ސެންޓަރ އޮފީހުގެ މުށިބަދަލުކުރުން
މި މިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރ ތިނަދޫ އޮފީސް އިމާރާތުގެ ތަޅުންގަނޑުގެ ބައެއް މުށިތައް އަމިއްލަ ތަކެތީގައި ނައްޓައި އަދި އާމުށި ޖަހާ ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތްކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި ތިނަދޫ ބިޒްނަސް ސެންޓަރ އަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްސީލް |
ތަން |
ތާރީޙް |
ދުވަސް |
ގަޑި |
|
މަލޫމާތު ދިނުމުގެ ބައްދަލުވެން |
ގދ. ތިނަދޫ ބިޒްނަސް ސެންޓަރ/ ނޭޒާ |
22 އޭޕްރިލް 2018 |
ޢާދިއްތަ |
10:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
ގދ. ތިނަދޫ ބިޒްނަސް ސެންޓަރ/ ނޭޒާ |
26 އޭޕްރީލް 2018 |
ބުރާސްފަތި |
10:00 |
|
އަންދާސީ ހިސާބު ހުޅުވުން |
ގދ. ތިނަދޫ ބިޒްނަސް ސެންޓަރ/ ނޭޒާ |
26 އޭޕްރީލް 2018 |
ބުރާސްފަތި |
10:10 |
މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv މައުލޫމާތު ކަރުދާހާއި ބިޑް ސަބްމިޝަން ފޯމް ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.
އަދި ދަންނަވެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި މައުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:
ގ.ދ ތިނަދޫ ބިޒްނަސް ސެންޓަރ
ފޯނު: 6842002 (960)+
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
29 ރަޖަބް 1439
