މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުރަންހުރި މަސައްކަތްތަކެއް ނިންމުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ ފަރާތެއް ހޯދުން
އިޢުލާން
މި މިނިސްޓްރީގެ ބެލުމުގެދަށުގައިވާ ގުދަނެއްކަމުގައިވާ ފީރޯޒްލޮޖުގައިވާ ތަކެތީގެ އިންވެންޓްރީ ނެގުމުގެ މަސައްކަތުގައި އެހީތެރިވެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މަސައްކަތުގެ ތަފްސީލް
- ގުދަން ތެރޭގައި ހުންނަ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، ތަރުތީބުން އެތުރުމާއި، ތަކެތި ފޮޅާ ސާފު ކުރުމާއި، މިނިސްޓްރީއާއި ފައިލް ގުދާނާ ދެމެދު ތަކެތި އުފުލުމާއި ދުއްވާތަކެއްޗަށް ތަކެތި އެރުވުމާއި ބޭލުމާއި ތަކެއްޗާއެކު ވެހިކަލްގައި އެއްތަނުން އަނެއްތަނަށް ތަކެތި ގެންގޮސްހެދުން.
- ތަކެތި ބަހައްޓާ ރެކްތަކާއި، ތަންތަން ފޮޅާ ސާފުކުރުމާއި، ގުދަންތެރެ ފޮޅާ ސާފުކުރުން.
- ގުދަނުގައި ހުންނަ ފައިލް، ފޮތް ފަދަ ލިޔެކިޔުންތައް ސާފުކޮށް ހެދުމުގައި ރައްކާތެރިކަމާއެކު އެ އެއްޗެއް ސާފުކުރެވެން ހުރިގޮތެއް ބަލައިގެން ފަރުވާތެރިކަމާއެކު ސާފުކޮށް އަދި އުފުލާހެދުން.
- އިންވެންޓްރީ މަސައްކަތުގައި އިދާރީގޮތުން މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގައި އެހީތެރިކަން ބޭނުންވާ އެހެނިހެން ކަންތައްތައް ކުރުން،
ބޭނުންވާ މީހުންގެ އަދަދު: 2
ގިނަވެގެން ލިބޭނެ އުޖޫރަ: މަހަކު -/4500 ރުފިޔާ
ފެންވަރު ނުވަތަ ޝަރުތު: ލިޔަންކިޔަން އެނގުން،
މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 17 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން، ތިރީގައިވާ އެޑްރެހަށް ސިޓީ ހުށަހެޅުއްވުންއެދެމެވެ.
ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3333174
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
11 އެޕްރީލް 2018
ހޯދާ