ދިވެހިރާއްޖެ
ނަންބަރު:MTCC-HRAD/IU/2018/055
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ
މިކުންފުނީގެ މާލެ/އިންޑިއާ/ސްރީލަންކާ އާއި ދެމެދު ދަތުރުކުރާ ޓަގު ބޯޓުގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމް: ކެޕްޓަން (މާސްޓަރ)
ބޭނުންވާ ޢަދަދު: 01
ސެކްޝަން: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާރޓްމަންޓް
ޖުމްލަ މުސާރަ: 35,500.00 ރުފިޔާ
މެޑިކަލް އިންޝޫރަންސް ސްކީމް
މަސައްކަތް ކުރަންޖެހޭތަން: ޓަގު ބޯޓު
ޝަރުތު: މަޤާމުގެ ކޮމްޕީޓެންސީ ސެޓްފިކެޓް ލިބިފައިވުމާއިއެކު މިދާއިރާގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަދުވެގެން 3000 ގޮރޮސް ޓަނޭޖްގެ ބޯޓު ދުއްވުމުގެ ހުއްދަ ލިބިފައިވުން.
ޓަގު ބޯޓުގައި މަސައްކަތްކުރައްވާފައިވާ ފަރާތަކަށް އިސްކަންދެވޭނެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަންގެ ޤަވާޢިދާއި އެއްގޮތަށްވާގޮތަށް ހޯދަންޖެހޭ ސެޓްފިކެޓްތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން.
އުމުރުން 60 އަހަރަށްވުރެ މަތީފަރާތަކަށް ނުވުން.
މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
ޑިޕާރޓްމަންޓް: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާރޓްމަންޓް
މަސައްކަތްކުރަންޖެހޭތަން: އިންޓަރނޭޝަނަލް ޓަގު (މާލެ/އިންޑިއާ/ސްރީ ލަންކާ /މެލޭޝިޔާ އާއި ދެމެދު ދަތުރުކުރާ ޓަގު)
އެހެނިހެން އިނާޔަތް: ވޮޔޭޖް އެލަވަންސް-/1500ރ. ކޮންމެ ދަތުރެއް ނިމުމުން.
ފުޑް އެލަވަންސް -/75ރ. ދުވާލަކު
މެޑިކަލް އިންޝޫރަންސް
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ކަނޑައަޅާ ޓަގްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، އެޓަގަށް އަރުވާ މުދާ ކުންފުނިން އަންގާ ޝެޑިއުލާއި އެއްގޮތަށް މުދަލާއި އުޅަދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޭޕްރިލް 2018 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.
ވެބްސައިޓް: http://mtcc.com.mv/job-opening
ފޯން: 3001118 / 3001141
އީމެއިލް: [email protected]
10 އޭޕްރީލް 2018
