މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބ. ފެހެންދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 

އިޢުލާން

               ބ. ފެހެންދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު ނަމްބަރ: IUL23-AP/23/2018/55 ފެބްރުއަރީ 22 2018 އިއުލާންއާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަގު ބޮޑުވާތީ އެ އިއުލާން ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ނުވަތަ ބ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ބ.ފެހެންދޫ ހެލްތު ސެންޓަރ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ބ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ބ.ފެހެންދޫ ހެލްތު ސެންޓަރ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 ރަޖަބު 1439

10 އެޕްރީލް 2018
ހޯދާ