ދިވެހިރާއްޖެ
(IUL)101-FT/1/2018/77 :ނަންބަރު
އިޢުލާން
ސަރުކާރުން ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު ހެޔޮކުރުން
ސަރުކާރުން ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު ހެޔޮކުރެއްވުމާއި ގުޅިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ހޯލްސޭލްކޮށް މާލެއިން ވިއްކަވާ ހަނޑޫ، ހަކުރު، ފުށުގެ އަގު 05 އޭޕްރިލް 2018 އިން ފެށިގެން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހެޔޮކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
|
ކާޑުގެ ބާވަތް |
ވިއްކާ އަގު (ކިލޯއެއް) |
|
ހަނޑޫ |
3.98 (ތިންރުފިޔާ ނުވަދިހަ އަށްލާރި) |
|
ހަކުރު |
4.00 (ހަތަރު ރުފިޔާ) |
|
ފުށް |
2.98 (ދެރުފިޔާ ނުވަދިހަ އަށްލާރި) |
ވީމާ، މިގެނެވުނު ބަދަލާއި ގުޅިގެން ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ޚަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ ވަރު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
|
ޒޯން ގައި ހިމެނޭ އަތޮޅުތައް |
ޒޯން 1: (ހއ، ހދ، ށ) |
ޒޯން 2: (ނ،ރ،ބ،ޅ،ކ،އއ،އދ،ވ،މ،ފ،ދ،ތ) |
ޒޯން 3: (ލ، ގއ، ގދ، ޏ، ސ) |
|
ކިލޯއަކަށް |
1.02 ރ (އެއްރުފިޔާ ދެލާރި) |
0.82 ރ (އައްޑިހަ ދެލާރި) |
1.21 ރ (އެއްރުފިޔާ އެކާވިށް ލާރި) |
ވީމާ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް 05 އެޕްރީލް 2018 އިން ފެށިގެން ވިއްކަންވާނީ މަތީގައި ދެންނެވިފައިވާ އަގަށް އެޒޯނަކަށް ކިލޯއަކަށް އިތުރުކުރުމަށް ކަނޑައަޅާފައިވާ އަދަދު އިތުރުކުރުމުން ޖެހޭ އަގަށްވުރެ ބޮޑުނޫން އަގެއްގައެވެ.
18 ރަޖަބު 1439
04 އޭޕްރިލް 2018
