ދިވެހިރާއްޖެ
ކެލިގްރަފީ ކޯސް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި އައިޔޫއެމް ހޯލްޑިންގްސްއިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފެކަލްޓީ، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ އާ ގުޅިގެން 2018 ވަނަ އަހަރު މެއި މަހު، ތިރީގައި މިދަންނަވާ ޓްރެއިނިންގް ޕްރޮގްރާމް ފެށުމަށްވަނީ ހަމަޖެހިފައެވެ.
ޢަރަބިކް ކެލިގްރަފީ
މި ޓްރެއިނިންގް ޕްރޮގްރާމްއަކީ ޕާރޓްޓައިމް ޕްރޮގްރާމްއެކެވެ. ޕްރޮގްރާމްގައި ބޭނުން ކުރާ ހުރިހާ މުހިއްމު މެޓީރިއަލް ކުންފުނީގެ ފަރާތުން ފޯރުކޮށްދޭނެއެވެ. ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
ޝަރުތު: އުމުރުން 18 އަހަރު ފުރިފައިވުން އަދި އަރަބި ބަހުން ލިޔަން، ކިޔަން އެގުން.
ކޯހުގެ އަގު: 10000 ރުފިޔާ (މި ކޯހުގެ އަގު ތިން އިންސްޓޯލް މަންޓްއަކަށް ބެހިގެން ދާނެއެވެ)
މުއްދަތު: 3 މަސް
މިކޯހުގައި ބައިވެރި ވުމަށް އެދޭ ފޯމް 2018 އޭޕްރިލް 5 ވާ ބުރާސްފަތި ދުވަހުނެ ފެށިގެން މި ކުންފުނިން ލިބެންހުންނާނެއެވެ. ވީމާ، ކޯހުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު ކޯހުގައި ބައިވެރި ވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2018 އޭޕްރިލް 25ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަންގައިވާ އައިޔޫއެމް ހޯލްޑިންގްސްގެ ކައުންޓަރަށް ހުށަހެޅުންއެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓެލެފޯން ނަންބަރު 3022161 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
