ދިވެހިރާއްޖެ
ޢިއުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަންއަށް ކޮށްފައިވާ އިޢުލާން ނަންބަރު 52/(IUL)101-EP/1/2018 ގައިވާ މަގާމަށް އެކަށީގެންވާ ވަރަށް ކުރިމަތިލައްވާފައި ނުވާތީ، މި މަގާމަށް ކުރިމަތިލައްވަން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
1. 01 ގްރެފިކްސް ޑިޒައިނަރ
މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަން ޖެހޭނެއެވެ.
· ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
· މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއްސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
· ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
މި މަޤާމްމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއި ގުޅިގެން މިނިސްޓްރީގެ ވެބްސައިޓް ގައި ޝާއިރު ކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،5 އޭޕްރީލް 2018 ގެ 14:00 ގެކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުންއެދެމެވެ. މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mvއިން ލިބިލައްވާނެއެވެ.
ސިޓީއުރައިގައި 'އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން ގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި ވާންވާނެއެވެ.
ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3333160 (960)+
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
9 ރަޖަބު 1439
