| މަޤާމު: | ސީނިއަރ އޮފިސަރ (މާރކެޓިންގ އެންޑް ޑިޒައިނިންގ) | ބޭނުންވާ ޢަދަދު 1 | 
| މުސާރަ | މަހަކު 6295.00 ރުފިޔާ | ސަރވިސް އެލަވަންސް | މަހަކު 2250.00 ރުފިޔާ | 
| އޮފީސް |  ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ | 
| ރޭންކް | MS 2-1 |   |   | 
| މަޤާމުގެ ޝަރްޠުތައް: | 
މަސައްކަތާއި ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވަލް 4/5 ހާސިލްކޮށްފައިވުން ނުވަތަ؛ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސާނަވީ ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ؛މަސައްކަތާއި ގުޅޭދާއިރާއަކުން ދިގު މުއްދަތެއްގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
ޔުނިވަރސިޓީގެ ކޯސްތައް މާރކެޓްކުރުމަށް ޕްލޭންތައް އެކުލަވާލައި، އެ ޕްލޭންތައް ތަންފީޒުކުރުން.ޔުނިވަރސިޓީގެ އިމޭޖް ރަނގަޅު ކުރުމަށް ޕީ.އާރު ފުރުޞަތުތައް ހޯދައި، ކަމާ ގުޅޭ ފަރާތްތަކާއި ބައްދަލުވުންތައް ބާއްވާ ކުރިއަށްގެންދިއުން.ޔުނިވަރސިޓީގެ ޕްރޮމޯޝަނަލް އިވެންޓްތަކުގައި އަމަލީ ގޮތުން ބައިވެރިވުމާއި، ޔުނިވަރސިޓީގެ އިވެންޓްތަކާއި ޖަލްސާތައް ފޮޓޯނަގައި ކެޓަލޮގްކޮށް ބެލެހެއްޓުން.ޝޯޝަލް މީޑިއާގައި ޔުނިވަރސިޓީގެ ޕްރޮމޯޝަނަލް އެކްވިޓީސްތައް އަދި ޔުނިވަރސިޓީގެ ކޯސްތައް ޕްރޮމޯޓްކުރުން.ޔުނިވަރސިޓީގެ ފަރާތުން ނެރޭ ފޮތްތަކާއި، މެގަޒިންތަކާއި، ލީފްލެޓްތަކާއި، އެނޫން ލިޔެކިޔުންތަކުގެ ލޭއައުޓް ހެދުން.ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ޔުނިވަރސިޓީގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
ލިބިފައިވާ ތަޢުލީމާއި ތަމްރީނުލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (އައި.ޓީ ދާއިރާއިން)ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް) | 
| އުޖޫރައާއި ޢިނާޔަތްތައް: | އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.   | 
| ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: | 
މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ)މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) | 
| ނޯޓް: | 
އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. 
 މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00: އާއި 23:00 ދެމެދުގެ 06 ގަޑިއިރު އިރުއެވެ. | 
| ސިޓީ ފޮނުވަންވީ ތާރީޚު:    | 02 އޭޕްރީލް 2018 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް. | 
| އިތުރު މަޢުލޫމާތު: | 
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116ނަންބަރު ފޯނާއެވެ.މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. |