މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އައިސްޕްލާންޓް ޤާޢިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

 

ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އައިސްޕްލާންޓް ޤާޢިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

 

ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އދ. މަހިބަދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ޤާޢިމް ކުރުމަށް ޝައުޤުވެރިކަން ހުރިފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.

 

ލޯނުގެ ބޭނުމަކީ މަސްވެރިން ބާނާމަސް، މަސްގަންނަ ފަރާތްތަކަށް ގެންދެވެންދެން ތާޒާކަންމަތީ މަސްދޯނި ފަހަރުގައި ބެހެއްޓުމަށްޓަކައި އައިސް ފޯރުކޮށްދިނުމަށް އދ. މަހިބަދޫގައި އައިސްޕްލާންޓެއް ޤާޢިމުކުރުމެވެ. މި ލޯނުންލިބޭ ފައިސާ ބޭނުންކުރަންވާނީ އައިސް ޕްލާންޓް ބެހެއްޓުމަށް ހޯދަންޖެހޭ މެޝިނަރީޒް ގަތުމަށެވެ.

 

މިލޯނުގެ ޖުމްލަ ޢަދަދަކީ 3 މިލިއަން ރުފިޔާއެވެ.

 

މިލޯނާއި ބެހޭ އުޞޫލާއި، ލޯނަށްއެދޭ ފޯމު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިންނާއި އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މިފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 18 އެޕްރީލް 2018 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިންނެވެ.

20 މާރިޗު 2018
ހޯދާ