ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :2

ވަޒީފާގެ ފުރުޞަތު                     

މަޤާމު: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އަސާސީ މުސާރަ

މަހަކު -/5000ރ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

AS9

ބޭނުންވާ ޢަދަދު

02

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް

އިތުރު އިނާޔަތްތައް

ސާރވިސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް -/83.33 ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

ޖީ.ސީ.އީ  އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 (އެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު 2 (ދޭއް) އަހަރު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

  • ޕްރޮގްރާމް ސެކްޝަންގެ މީޓިންގތައް ޔައުމިއްޔާ ކުރުން.
  • އޮންއެއަރ އަށް ޑެއިލީ ޕްރޮގްރާމް ހަމަކުރުން.
  • ޑިޕާރޓްމަންޓުން ލިޔަންޖެހޭ މެމޯތަކާއި ސިޓީތައް ލިޔެ ފޮނުވަންވާފަރާތްތަކަށް ފޮނުވުން.
  • ޕްރޮޑިއުސަރުން ބޭނުންވާ އިދާރީ މަސައްކަތްތަކަށް އެހީތެރިވެ އެމަސައްކަތްކުރުން.
  • ލައިވް އަދި ޚާއްސަ އިވެންޓް ނުވަތަ ޕްރޮގްރާމް ތަކުގެ ޕްރޮޓްކޯލް މަސައްކަތް ކުރުން.
  • އިސްތިހާރު ޝީޓް އޮންއެއަރ އިން ނަގާ އޮންއަރ ހެޑްގެ ސޮއި ކުރުވުމަށް ފަހު މާކެޓިންގ އަށް ދުވަހުން ދުވަހަށް ފޮނުވުން.
  • ޒަމާނީ ޓެކްނޮލޮޖީއަށް ހޭލުންތެރިވުމާއި އަލަށް ތަޢާރަފް ކުރެވޭ އާލަތްތަކަށް އަހުލުވެރިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 މާރިޗް 19 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާއި 3000268 އަށް ގުޅުއްވުން އެދެމެވެ.

 

                        24 ޖުމާދަލްއާޚިރު 1439

12 މާރިޗު 2018
ހޯދާ