ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިމަރުކަޒުގެ ދަނާލުގެ 3 ކުލާސްރޫމް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ކުރެވުނު ނަމްބަރ GS17/2018/017 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
ބޭނުން |
ތަން |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފްކުރެއްވުމަށް |
ލ.އަތޮޅު ތަޢުލީމީ މަރުކަޒު |
15 މާރިޗް 2018 ވާ ބުރާސްފަތި ދުވަހު |
11:00 |
އަންދާސީ ހިސާބް ހުށަހެޅުއްވުމަށް |
ލ.އަތޮޅު ތަޢުލީމީ މަރުކަޒު |
20 މާރިޗް 2018 ވާ އަންގާރަ ދުވަހު |
11:00 |
މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމާއި، އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރީ ތަކަށެވެ.
މަޢުލޫމާތު ސާފް ކުރެއްވުމަށާއި، އަންދާސީ ޙިސާބް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލުކުރައްވާނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި، ތަމްޞީލް ކުރާ ކުންފުނި، އިންވެސްޓްމެންޓް ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ވަޑައިގަންނަވާފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6800013 އަށް ގުޅުއްވުން އެދެމެވެ.