ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ 2017 އަދި 2018 ވަނަ އަހަރުގެ އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް 2018، ފެބްރުވަރީ 22 ވަނަ ދުވަހު ކުރެވުނު އިޢުލާން ((IUL)30-G/30/2018/19) އަށް އެކަށީގެންވާވަރަށް ފަރާތްތަކުން ކުރިމަތިލާފައިނުވާތީ މިމަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ A ކެޓަގަރީގެ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުޞީލު، މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު) އަދި މަސައްކަތް ކުރުމަށް ހުށަހަޅާ އަގާއި ތަފުސީލު ހުށަހަޅަންވާނެއެވެ.
މިމަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި އިޢުލާންއާއި އެއްކަރުދާސްކުރަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2018، މާރިޗް 11 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުމަށް ވަޑައިގެން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައިގައެވެ. އަދި ދަންނަވަމެވެ، މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް ގުއްޅުއްވުން އެދެމެވެ.
18 ޖުމާދަލްއާޙިރާ 1439
06 މާރިޗް 2018