ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2018/032
އިޢުލާން
ޓްރާންސްފޯމަރ އަދި ޓްރާންސްފޯމަރ ބެހެއްޓުމަށް ބޭނުންވާ ތަކެތި ހޯދުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޓްރާންސްފޯމަރ އަދި ޓްރާންސްފޯމަރ ބެހެއްޓުމަށް ބޭނުންވާ ތަކެތިގަންނަން ބޭނުންވެއެވެ. މިކަމާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.fenaka.com.mv އިންވެސް މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 12 މާރޗް 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
05 މާރޗް 2018
17 ޖުމާދަލް އާޙިރާ 1439
