ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ކ.ތިލަފުށި 3 އިން 40ފޫޓު 80ފޫޓުގެ ބާޖަކާއި، 350 ކްލާސް އެސްކެވޭޓަރަކާއި، 10 ޓަނުގެ ޑަމްޕްލޮރީއެއް ތ.ވިލުފުއްޓަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރެވުނު ނަންބަރު (IUL)138-AS6/1/2018/30 (08 ފެބުރުވަރީ 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ފެބުރުވަރީ 28 ވާ ބުދަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މާރިޗު 07 ވާ ބުދަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ފެބުރުވަރީ 28 ވާ ބުދަ ދުވަހުގެ 12:30 އިން ފެށިގެން 2018 މާރިޗު 07 ވާ ބުދަ ދުވަހުގެ 11:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
