ދިވެހިރާއްޖެ
ނަންބަރު: FNK/A/IUL/2018/81
ވަޒީފާގެ ފުރުޞަތު
ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
|
ލޯޔަރ |
މަޤާމު: |
|
02 (ދޭއް) |
ބޭނުންވާ އަދަދު: |
|
ހެޑް އޮފީސް / މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
|
ލީގަލް އެފެއާރޒް ޑިޕާރޓްމަންޓް |
ޑިޕާރޓްމަންޓް: |
|
މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ. |
މަޤާމުގެ މުސާރަ: |
|
1- ހަމަޖެހިފައިވާ އުސޫލުން ހާޟިރީ އަދި ސަރވިސް އެލަވަންސް ލިބޭނެ. 2- އިތުރު ގަޑީގައި އަދި ރަސްމީ ބަންދުދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
އެހެނިހެން އިނާޔަތްތައް: |
|
(ހ) ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން (ށ) އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރެވޭ މީހަކަށްވުން (ނ) މަޤާމުއާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން (ރ) ކޮމްޕިއުޓަރއިން ކުރަންޖެހޭ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން (ބ) ދަށު ކޯޓުތަކު ގައި އަދި ހައިކޯޓްތަކުގައި (ހައިކޯޓް އަދި ސުޕްރީމް ކޯޓް) ވަކާލާތުކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން (ޅ) ދިވެހި އަދި އިނގިރޭސި މިދެބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން
|
ފެންވަރު ނުވަތަ ޝަރުތު: |
|
(ހ) ކުންފުންޏަށް ބޭނުންވާ އެންމެހާ ކަންކަމުގައި ޤާނޫނީ ލަފާދިނުން (ށ) އެގްރީމެންޓް ތައްޔާރުކުރުމާއި އެއަށް ބޭނުންވާ ލަފާދިނުން (ނ) ކޯޓްތަކުގައި އަދި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގައި ކުންފުނީގެ މައްސަލަތަކުގައި ވަކާލާތުކުރުން.
|
މައިގަނޑު މަސްޢޫލިއްޔަތުތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 9:00 – 13:30 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
06 ޖުމާދަލްއާޚިރާ 1439
22 ފެބްރުއަރީ 2018
