މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ށ.ފުނަދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ އެއްގަމު އުޅަނދުފަހަރަށާއި، ށ.އަތޮޅުގައި ބޭނުންކުރާ ކަނޑު އުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ކޮންޓްރެކްޓް އުޞޫލުން ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން

ށ.ފުނަދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ އެއްގަމު އުޅަނދުފަހަރަށާއި، ށ.އަތޮޅުގައި ބޭނުންކުރާ ކަނޑު އުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ކޮންޓްރެކްޓް އުޞޫލުން ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން  2018 ފެބުރުވަރީ 27 ވާ އަންގާރަ ދުވަހުގެ 14:00 އަށް ށ.ފުނަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 މާރިޗު 05 ވާ ހޯމަ ދުވަހުގެ 14:00  އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

22 ފެބުރުވަރީ 2018
ހޯދާ