|
މަޤާމު:
|
ސީނިއަރ ސޮފްޓްވެއަރ އިންޖިނިއަރ
|
|
ރޭންކު:
|
CSC5-1
|
|
ކްލެސިފިކޭޝަން:
|
ސީ.އެސް.ސީ ޕުރޮފެޝަނަލްސް
|
|
ޔުނިޓް:
|
ސިސްޓަމްސް މެނޭޖްމަންޓް
|
|
މައިގަނޑު މަސައްކަތް:
|
ސިވިލް ސަރވިސް ކޮމިޝަނުގެ ނެޓްވަރކް، ސަރވަރ އަދި އައިސީޓީއާ ގުޅޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުން
|
|
މުސާރަ:
|
މަހަކު -/7035 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
|
ލިވިންގ އެލަވަންސް:
|
މަހަކު -/4000 ރުފިޔާ
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 2462/25 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
ގިންތި:
|
ދާއިމީ
|
|
އަސާސީ ޝަރުތު:
|
ސޮފްޓްވެއަރ އިންޖިނިއަރިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ،
ސޮފްޓްވެއަރ އިންޖިނިއަރިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ނުވަތަ އޮނަރސް ޑިގްރީ ފުރިހަމަކޮށްފައި ވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ސިސްޓަމްސް މެނޭޖްމަންޓް ޔުނިޓުގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ސިސްޓަމްސް މެނޭޖްމަންޓް ޔުނިޓުގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓިޖީތަކާއި އުސޫލުތައް އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
- ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން ސީދާ ގޮތުން ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، ސުޕަވައިޒްކޮށް، މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރާ މުވައްޒަފުންނާމެދު ގަވާއިދުން ފިޔަވަޅު އެޅުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ ބޭނުންތަކަށް ސިވިލް ސަރވިސް މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުމާބެހޭ ސޮފްޓްވެއަރ، ޑޭޓާބޭސް ތަރައްޤީކުރުމާއި ބެލެހެއްޓުން.
- ސިވިލް ސަރވިސް މުވައްޒަފުންނާބެހޭ ތަފާސްހިސާބު ހޯދުމަށް ލިބޭ ރިކުއެސްޓްތަކާއެއްގޮތަށް އެ މައުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޯރުކޮށްދިނުން.
- ސިވިލް ސަރވިސް ކޮމިޝަނަށް ބޭނުންވާ އެހެނިހެން އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައް ތައްޔާރުކުރުން.
- ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާގެ އިންޓްރާނެޓް ޑިވެލޮޕްކުރުމާއި މެއިންޓެއިންކުރުމާއި އިންޓްރާނެޓަށް މުވައްޒަފުން އަހުލުވެރިކުރުން.
- ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ލޭއައުޓަށް ގެންނަންޖެހޭ ބަދަލުތައްގެނެސް، ވެބްސައިޓްގެ ސެކިއުރިޓީ ބެލެހެއްޓުން.
- ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންނަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީ ޕްރޮގްރާމްތައް ރާވައި ހިންގުން.
މީގެ އިތުރުން މަޤާމުގެ "ޓަރމްސް އޮފް ރެފަރެންސް" ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެއެވެ.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
28 ފެބުރުވަރީ 2018 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %20)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: )
- ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: %65)
- ޕްރެކްޓިކަލްސް - %30
- އިންޓަވިއު އަދި ޕްރެޒެންޓޭޝަން - %35
ނޯޓު: ޕްރެކްޓިކަލްސް އަށް ކަނޑައެޅިފައިވާ އިންސައްތައިގެ %50 (ފަންސާސް އިންސައްތަ) ނުލިބޭނަމަ، ވަޒީފާ އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ބަލައި، ވަޒީފާ ހަމަޖައްސައިނުދެވޭނެއެވެ.
|
|
ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަން ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާން 2018 މާރިޗު 01 ން 15 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ) މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.
|