މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
01 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި މޯލްޑިވިއަން ބްލަޑް ސާރވިސަސް (އެމް.ބީ.އެސް) ގައި ބޭނުންކުރާ ބެޑްޝީޓް، ބާލީހުއުރަ ފަދަ ތަކެތި ދޮވުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށް ގެންގޮސްދިނުމާއި އަދި ދޮވެ ނިމުމުން އެމް.ބީ.އެސް އަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް

 

އިޢުލާން

         01 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި މޯލްޑިވިއަން ބްލަޑް ސާރވިސަސް (އެމް.ބީ.އެސް) ގައި ބޭނުންކުރާ ބެޑްޝީޓް، ބާލީހުއުރަ ފަދަ ތަކެތި ދޮވުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށް ގެންގޮސްދިނުމާއި އަދި ދޮވެ ނިމުމުން އެމް.ބީ.އެސް އަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22  ފެބްރުއަރީ  2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗު 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

02 ޖުމާދަލްއާޚިރު 1439

18 ފެބުރުވަރީ 2018
ހޯދާ