މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ފުރުސަތު

އިޢުލާން

 ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ފުރުސަތު އިތުރު ފަރާތަކަށް ހުޅުވާލުމުގެ ގޮތުން، އެކަމަށް ދޫކުރާ ޚާއްސަ ހުއްދަ މިހާރު ދޫކުރެވިފައިވާ ފަރާތްތަކުގެ އިތުރުން އިތުރު 1 ފަރާތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 19 ފެބުރުވަރީ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

12 ފެބުރުވަރީ 2018
ހޯދާ