މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ކ.ދޫނިދޫގައި ޢިމާރާތްކޮށްފައިވާ މެރިން ބެރެކްސް ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

  • ކ.ދޫނިދޫގައި ޢިމާރާތްކޮށްފައިވާ މެރިން ބެރެކްސް ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ  ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  •   ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 ފެބުރުވަރީ 13 ވާ އަންގާރަ ދުވަހުން ފެށިގެން 2018 ފެބުރުވަރީ 19 ވާ ހޯމަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް  އެންޑް އެސެޓް މެނޭޖްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 400.00ރ (ހަތަރު ސަތޭކަ )  ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  •  މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ 11:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ފެބުރުވަރީ 19 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  •  ބީލަން ހުޅުވުން އޮންނާނީ 2018 ފެބުރުވަރީ 28 ވާ ބުދަ ދުވަހުގެ 11:00 ފައިނޭންސް  އެންޑް އެސެޓް މެނޭޖްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  •   ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
12 ފެބުރުވަރީ 2018
ހޯދާ