ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް) ގެ ދަށުން، ތަންފީޒުކުރަމުންދާ ޕްރޮޖެކްޓުތަކުގެ ދަށުން ތިރީގައި މިދަންނަވާ މަޤާމަށް ލޯކަލް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.
|
މަޤާމް: ސޮފްޓްވެއަރ އިންޖިނިއަރ |
|
އަދަދު : 01 |
|
ފެންވަރު ނުވަތަ ޝަރުތު:
|
|
މުސާރަ: 35,000 ދިވެހި ރުފިޔާ ( ހުރިހާ އިނާޔަތްތައް ހިމެނޭ ގޮތުގެ މަތިން) |
|
ވަޒީފާގެ މުއްދަތު: ކޮންޓްރެކެޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 31 ޖުލައި 2018 ގެ ނިޔަލަށް |
އިއުލާންކުރެވިފައިވާ ކޮންސަލްޓަންސީއާއި ގުޅޭ ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ މަސައްކަތާއި ގުޅުން ހުރި އެހެން ސަރުކާރުގެ އިދާރާއެއް.
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00 އަށް ( އެއް ގަޑި އިރު ގެ ހުސްވަގުތުކޮޅަކާއެކު.
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 20 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި EIF Tier 1” - ސޮފްޓްވެއަރ އިންޖިނިއަރ ގެ ވަޒީފާއަށް އެދި" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3333116 އަދި 3333174 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
25 ޖުމާދަލްއޫލާ 1439
