ދިވެހިރާއްޖެ
އަންދާސީ ހިސާބު
މިމިނިސްޓްރީގެ ބޭނުމަށް ގާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ ތިރީގައިވާ ތަކެތި ތައްޔާރުކޮށް ފެޑް ސެންޓަރަށް (ހުޅުމާލެ) އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- 20 ، ސީ ޝޭޕް ރަބަރ ފެންޑަރ
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ފެބްރުވަރީ 05 ވާ ހޯމަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
މަސައްކަތުގެ ތަފްސީލް:
ސީ. ޝޭޕް ރަބަރ ފެންޑަރ
- ކުލަ :- ބްލެކް
- ސައިޒް :- 18 ފޫޓް ދިގު، 3.5 އިންޗި ފުޅާ، 2.5 އިންޗި އުސް
(މި މަޢުލޫމާތު ފޯމާއި އެކުމިވާ ކުރެހުމާއި އެއްތޮތަށް)
- ބޭނުންވާ ޢަދަދު :- 20
ހޯދުމަށް އެދިފައިވާ ސާމާނުގެ ކޮލިޓީ ހިފެހެއްޓުމަކީ މިމިނިސްޓްރީން ވަރަށް އިސްކަމެއްދޭ ކަމެކެވެ. މަތީގައި ދަންނަވާފައިވާ ސާމާނު ހޯދުމުގައި ތަކެތީގެ ފެންވަރަށާއި، މިމިނިސްޓްރީން ދީފައިވާ ކުރެހުމާއި މިންތަކަށް ރަގަޅަށް ބެލުމަށް ދަންނަވަމެވެ. މިފޯމާއިއެކު ދީފައިވާ މަޢުލޫމާތު ތަކާއި ޙިލާފަށް ހޯދާތެކެތި ބަލައި ނުގަނެވޭނެއެވެ.
ތަކެތި ހޯދުމަށް ހަވާލުވާފަރާތުން ޑެލިވަރ ކުރުމަށް ދީފައިވާ މުއްދަތުގައި ތަކެތި ހަވާލު ކުރުމަކީ މިސެންޓަރުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މުއްދަތު އިތުރުކޮށެއް ނުދެވޭނެއެވެ.
ތަކެތި ގެންދަންޖެހޭތަން: ހުޅުމާލޭގައިހުންނަމިމިނިސްޓްރީގެފެޑްސެންޓަރ
އަގު ހުށަހަޅަންޖެހޭ ގޮތް: ޔުނިޓަކަށް ޖެހޭއަގު އިނގޭގޮތަށް
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70 )
- މުއްދަތަށް 20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 20 )
- ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.
ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.