ދިވެހިރާއްޖެ
MTCC-PD/IU/2018/0014 ނަންބަރ:
އިޢުލާން
އެމްޓީސީސީ އިން ވައިގެ މަގުން ރާއްޖެ އެތެރެކުރާ މުދާ ކުލިއަރ ކޮށްދޭނެ ފަރާތެއް ހޯދުން:
އެމްޓީސީސީއިން ވައިގެ މަގުން ރާއްޖެ އެތެރެކުރާ މުދާ 1 އަހަރުދުވަހުގެ މުއްދަތަކަށް ކުލިއަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނިތަކުން 29 ޖަނަވަރީ 2017 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ޓަވަރުގެ 2 ވަނަ ފަންގިފިލާ ( ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 05 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަދި ހާޒިރީގައި ރެޖިސްޓަރ ކުރައްވާ ކުންފުނީގެ ނަމުގައި އެކަނި ކަމުގައިވެސް ދަންނަވަމެވެ.
17 ޖުމާދަލް އޫލާ 1438
23 ޖަނަވަރީ 2018
