މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J268746

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީއެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން/ޔުނިޓް:

ރިލިޖަސް އެވެއާނަސް ސެކްޝަން

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / ކ. މާލެ

މުސާރަ:

މަހަކު   5020.00ރުފިޔާ،   

ސަރވިސް އެލެވަންސް:

މަހަކު  1500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް::

  1. ޢާއްމު ތަންތާނގައި ދީނީ ނަޞޭޙަތްދިނުމާއި ދީނީ ތަޤްރީރުކުރުމާއި ވަޢުޡުބުނުމަށް އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުމާބެހޭގޮތުން ކުރަންޖެހޭ ކަންތައްކުރުމާއި ހުއްދަދެވޭ މީހުންގެ ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  2. މާލޭ މިސްކިތްތަކުގައި ދީނީ ނަޞޭހަތްދިނުމުގެ ޕްރޮގްރާމްގެ ދަށުން ކޮންމެ ހުކުރު ދުވަހެއްގެ ރޭ ބާއްވާ، ދީނީ ނަޞޭޙަތް ދެއްވާ ބޭފުޅުންގެ ތާވަލް ތައްޔާރުކޮށް އެބޭފުޅުންނަށް ފޮނުވުމާއި، ޓީވީ ޗެނަލްތަކަށާއި ނޫސްތަކަށް ފެކުސްކުރުމާއި އެބޭފުޅުންނަށް އެލަވަންސް ދިނުމުގެ ކަންތައްތައް ކުރުން.
  3. ރަމަޟާންމަހު ޢަޞްރު ނަމާދަށްފަހު، ކަނޑައަޅާ މިސްކިތްތަކުގައި އޮންނަ ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމްގެ އިދާރީ މަސައްކަތް ކުރުން.
  4. ރާއްޖެއިން ބޭރުން ދީނީ ތަޢުލީމު ޙާޟިލްކުރާ ޢިލްމުވެރިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އަދި ޢިލްމުވެރިންނަށް ޚާއްޞަ ކޮށްގެން ބާއްވާ ބައްދަލުވުންތައް ބޭއްވުމާއި، ޢިލްމުވެރިންނާ ގުޅޭގޮތުން މި މިނިސްޓްރީން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ސްކޫލް / މަދަރުސާތަކުގައި ހިންގާ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތް ކުރުން
  6. ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިލްމުވެރިންނާއި އެފަދަ ބޭފުޅުން ރާއްޖޭގައި ދެއްވާ ތަޤްރީރު ލެކްޗަތަކާއި އަދި އެނޫންވެސް އެފަދަ އެނޫންވެސް އެފަދަ ޕޮްރޮގްރާމްތަކުގެ އިދާރީ މަސައްކަތް ކުރުން
  7. ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ މައްސަލަތަކާމެދު ވާހަކަދައްކައި ޖަދަލުކޮށް ހަދާ މީހުންނާމެދު ފިޔަވަޅު އެޅުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައް ކުރުން
  8. ނިމިގެންދާ ކޮންމެމަހެއްގެ 16 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ކޮންމެމަހެއްގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހިންގުނު ދީނީ ޕްރޮގްރާމްތަކުގައި އުޖޫރަ ދެއްވާގޮތަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތަފްޞީލް ކޮންމެމަހެއްގެ 17 ވަނަ ދުވަހުގެ 3:00 ގެ ކުރިން ބަޖެޓް ޔުނިޓަށް ފޮނުވުން.
  9. ޖަލްސާތަކާއި ސެމިނަރ/ވާރކްޝޮޕް/ފޯރަމްތައް ބޭއްވުމުގެ ކަންތައް ބެލެހެއްޓުމާއި އެޖަލްސާތަކުގެ ޔައުމިއްޔާތަކާއި ލިޔުންތައް ތައްޔާރުކުރުން.
  10. މި މިނިސްޓްރީން ދީނީގޮތުން ފާހަގަ ކުރަންޖެހޭ ތަފާތު މުނާސަބަތުތައް ފާހަގަކުރުމާއި އެފަދަ މުނާސަބަތުތައް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާތައް ބޭއްވުމުގެ މަސައްކަތްތައް ކުރުން.
  11. ނަން ފާސްކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން، މިގޮތުން ފާސްކުރެވޭ ނަންތައް ކޮމްޕިއުޓަރއަށް އެންޓަރކުރުމާއި އޭގެ ރެކޯޑު ޢާއްމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން
  12. ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމްގެ މަސައްކަތް ކުރުން.
  13. ރަމަޟާންމަސް އިޙްޔާކުރުމުގެ ގޮތުން އަތޮޅުތަކުގައި ހިންގޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައްކުރުން.
  14. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް، މެނޭޖްމަންޓް، އައިޓީ، ބިޒްނަސް، ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ:
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު،އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއއެކު  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން)  %38
  2. އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5
  3. ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ
  4. އެހެނިހެން މަސައްކަތުގެ ތަޖުރިބާ %4
  5. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)  %43

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.islamicaffairs.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖަނަވރީ 30 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 3315161 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ،  2018 ފެބްރުވަރީ 04 އާއި 2018 ފެބްރުވަރީ 15 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

30% (ތިރީސް ޕަސެންޓް )

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020287 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3315165 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                        

 

01  ޖުމާދުލްއޫލާ  1439

18 ޖަނަވަރީ 2018
ހޯދާ