ދިވެހިރާއްޖެ
އިޢުލާން
- އަންދާސީ ހިސާބު ބޭނުންވެއްޖެ.
 
މިރަށު ގަބުރުސްތާނުގެ ވަށާފާރު ރޭނުމާއި ގަބުރުސްތާނުގެ އިރުމަތީ ފަރާތުން ގިރާސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ: (IUL)338-MS/338/2017/26 އާއިގުޅިގެން ލިބިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އާއި ކުރަންޖެހޭ މަސައްކަތްތަކަށް ބަދަލު ގެނެވިފައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިރަށު ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
| 
 
  | 
 ތަން  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފްކުރުން  | 
 ކ.ގުރައިދޫ ކައުންސިލް އިދާރާ  | 
 03 ޖެނުއަރީ 2018  | 
 ބުދަ  | 
 10:30  | 
| 
 އަންދާސީ ހިސާބް ހުށައެޅުން  | 
 ކ.ގުރައިދޫ ކައުންސިލްގެ އިދާރާ  | 
 10 ޖެނުއަރީ 2018  | 
 ބުދަ  | 
 10:30  | 
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށައެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
