ދިވެހިރާއްޖެ
ފެންދޭ ނިޒާމް ޤާއިމް ކުރުމުގެ ޕްރޮގްރާމް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު
ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ދަނޑުވެރިކަން ކުރުމުގައި ޒަމާނާ އެއްގޮތަށް ބޭނުން ކުރާ ފެންދޭ ނިޒާމް ގާއިމްކޮށްދިނުމުގެ ޕްރޮގްރާމެއް 2018 ވަނަ އަހަރު 2 ރަށެއްގައި ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ހިންގުމަށް ބޭނުންފުޅުވާ ރަށްރަށުން އެކަމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.މި ޕްރޮގްރާމުގެ ދަށުން ފެންދޭ ނިޒާމް ގާއިމް ކޮށްދެވޭނީ މިކަމަށް އެދި ހުށަހަޅާ ރަށެއްގެ ރަށުކައުންސިލުން ކަނޑައަޅާ 10 ދަނޑުވެރިއެއްގެ ދަނޑުގައެވެ. މި 10 ފަރާތް ހޮވުމުގައި 25 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށާއި އަންހެން ކަނބަލުންނަށް އިސްކަންދޭންވާނެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނޭ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.
- ދަނޑުވެރިކަން ފުޅާ ކުރުމަށް ބިން ލިބެން ހުރި މިންވަރު
 - ދަނޑުމަތީގައި ފެން ނެގޭނެ އިންތިޒާމް ގާއިމްވެފައި ހުރި މިންވަރު
 - ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތް
 - ހަވާލުކުރެވޭ ސިސްޓަމްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ގާބިލްކަން ދައްކައިދީފައިވާ މިންވަރު.
 - ރަށުގެ ދަނޑުބިންތައް ކައުންސިލުގެ ފަރާތުން ބަލަހައްޓަމުންދާ ގޮތް
 - ދަނޑު ބިމުގައި މިހާރު ފެންދޭ ނިޒާމް ގާއިމްވެފައި ހުރި މިންވަރު
 
| 
 އިތުރު މަޢުލޫމާތު:  | 
 އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.  | 
| 
 ހުށަހަޅަންޖެހޭ ތަކެތި:  | 
 އެޕްލިކޭޝަންފޯމް ކައުންސިލުގެ ސިޓީއަކާއި އެކު ހުށަހެޅުން (އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ) www.fishagri.gov.mv ހިދުމަތަށް އެދޭ ފޯމް / ދަނޑުވެރިކަމާ ބެހޭދާއިރާ  | 
| 
 ސުންގަޑި:  | 
 16 ޖެނުވަރީ 2018ގެ 14:00ގެ ކުރިން  | 
