މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ބ.އޭދަފުށި ޕޮލިސް ސްޓޭޝަންގައި ޤާއިމް ކުރެވިފާ 5 ޖަލުގޮޅިބަރީގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

  1. ބ.އޭދަފުށި ޕޮލިސް ސްޓޭޝަންގައި ޢިމާރާތް ކުރެވިފައިވާ 5 ޖަލުގޮޅިބަރީގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓާއި ގުޅޭ ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017  ޑިސެމްބަރ  24 ވާ އާދީއްތަ ދުވަހުން ފެށިގެން 2017 ޑިސެމްބަރ 26 ވާ އަންގާރަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް، މާލޭގައި ނަމަ މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު)  އަދި ބ.އޭދަފުށީގައި ނަމަ ބ.އޭދަފުށި ޕޮލިސް ސްޓޭޝަންގައެވެ. ބީލަން ފޮތެއްގެ އަގަކީ 50/-ރ ( ފަންސާސް ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 11:00ގައި، މާލޭގައި ނަމަ މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) އަދި ބ.އޭދަފުށީގައި ނަމަ ބ.އޭދަފުށި ޕޮލިސް ސްޓޭޝަންގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ޑިސެމްބަރ 26 ވާ އަންގާރަ ދުވަހުގެ 16:00  ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2018 ޖެނުއަރީ 03 ވާ ބުދަ ދުވަހުގެ 11:00 ގައި މާލޭގައި ނަމަ މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) އަދި ބ.އޭދަފުށީގައި ނަމަ ބ.އޭދަފުށި ޕޮލިސް ސްޓޭޝަންގައެވެ.–

  4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. 

  5. ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައި އަދި ބިޑް ހުޅުވުމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު ދެވެންނެތް ވާހަކަދަންނަވަމެވެ.

                           19 ޑިސެމްބަރ 2017 މ. 

21 ޑިސެންބަރު 2017
ހޯދާ