ދިވެހިރާއްޖެ
މި މި މިނިސްޓްރީއިން ކުރިއަށްގެންދާ އިވެންޓްތަކަށް ބޭނުންވާ އިކުއިޕްމަންޓްތައް މާލެއިން ބ އަތޮޅާއި ނ އަތޮޅަށް ގެންދިއުމަށްފަހު އިކުއިޕްމަންޓްތައް މި އަތޮޅުތަކުން އަނބުރާ މާލެ ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޑިސެމްބަރ 17 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 19 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2017 ޑިސެމްބަރ 17 ވާ އާދީއްތަ ދުވަހުގެ 12:30 އިން ފެށިގެން 2017 ޑިސެމްބަރ 19 ވާ އަންގާރަ ދުވަހުގެ 11:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ގުޅުއްވުން އެދެމެވެ.
