މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދުއްފާރު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

01 ޖެނުއަރީ 2018 ން ފެށިގެން 31 ޑިސެމްބަރ 2018 ގެ ނިޔަލަށް، މިއިދާރާގެ ސެކިއުރެޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޑިސެމްބަރު 2017 ވާ ހޯމަދުވަހުގެ 1:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޑިސެމްބަރު 2017 ވާ އާދިއްތަ ދުވަހުގެ 1:00އަށް އަންދާސީ ހިސާބު ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށައަޅާ ބީލަމާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިކުރާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވާނަމަ ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ އާއި ސިޓީ އެއް އަދި ބަދަލުގައި އަންނަ މީހާގެ އައި.ޑީ ކާޑުގެ ކޮޕީ އެއް ހުށަހަޅަންވާނެ އެވެ. އަދި އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު އަދި އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ރަބީޢުލްއައްވަލް 1439  

12 ޑިސެންބަރު 2017
ހޯދާ