މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޕަބްލިކް ވަރކްސް ސަރވިސަސްގެ ބޭނުމަށް ށ. ގޮއިދޫގައި ހުރި ހެވީ ވެހިކަލްތަކާއި އިތުރު ސާމާނުތައް ހދ. ކުޅުދުއްފުއްޓަށް ގެންދިއުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ޑިސެންބަރު 2017 ވާ ބުދަ ދުވަހުގެ 12:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެންބަރު 2017 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި ސަރވިސަސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ޝީޓް 07 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުން ފެށިގެން 17 ޑިސެންބަރު 2017 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
18 ރަބީޢުލްއައްވަލު 1439
06 ޑިސެންބަރު 2017
06 ޑިސެންބަރު 2017
ހޯދާ
