ދިވެހިރާއްޖެ
އިޢުލާން
ނަންބަރ:GS209/IUL/2017/17
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
ވިޔަފާރީގެ އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވުމާއެކު، މި މަސައްކަތްކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހުށަހެޅޭ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، ފިޔޯރީ ސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ.
| 
 ތާރީޚް  | 
 ދުވަސް  | 
 ތަފްސީލް  | 
 ގަޑި  | 
 ތަން  | 
| 
 13ޑިސެމްބރަ 2017  | 
 ބުދަ  | 
 މައުލޫމާތު ސާފްކުރުން  | 
 10:30  | 
 ފިޔޯރީ ސްކޫލް  | 
| 
 19 ޑިސެމްބަރ 2017  | 
 އަންގާރަ  | 
 އަންދާސީ ހިސާބްހުށަހެޅުން  | 
 10:30  | 
 ފިޔޯރީ ސްކޫލް  | 
ނޯޓު: މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
06ޑިސެމްބަރ 2017
