ދިވެހިރާއްޖެ
އިޢުލާން
2018 ވަނަ އަހަރަށް ސްކޫލްތަކުގެ ކުދިންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރުތަކުގެ ޑޭޓާ އެންޓަރ ކުރުމުގެ މަސައްކަތަށް (15 ޑިސެމްބަރު 2017 އިން 31 މާރިޗް 2018 އަށް) 3 މީހުން ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް (ރަސްމީ 6 ގަޑިއިރަށް)270/- ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީ މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ މަސައްކަތަށް ފައިސާ ލިބޭނެއެވެ. މަސައްކަތް ކުރަންޖެހޭނީ އާންމުގޮތެއްގައި ރަސްމީ ގަޑީގައި ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ.
މިމަސައްކަތަށް މީހުން ހޮވުމުގައި ޕޮއިންޓްދޭނެގޮތް ތިރީގައި މިވަނީއެވެ.
ތަޢުލީމީ ފެންވަރަށް 70 ޕޮއިންޓް (ގްރޭޑް 10 ނިންމާފައިވުން)
ރަގަޅު ސްޕީޑެއްގައި ޑޭޓާ އެންޓަރ ކުރުމަށް 30 ޕޮއިންޓް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރު 07 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިއުމަކުން ތަޢުލީމީ ސެޓްފިކެޓްތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
