ދިވެހިރާއްޖެ
އިއުލާން
ކޮންސަލްޓެންޓެއް ހޯދުން
ތަޢުލީމީ ދާއިރާގެ އެނަލިސިސްއެއް ހެދުމާއި ސެކްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ލޯކަލް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް https://www.moe.gov.mv/ އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީ (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341133 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
- ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
- ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން
