ބިލެތްދޫ ހެލްތު ސެންޓަރ
ދިވެހިރާއްޖެ
ފ. ބިލެއްދޫ ޞިއްޙީމަރުކަޒު ވާރޑްގެ ފާޚާނާ މަރާމާތުކުރުން

މިމަރުކަޒުގެ ވާރޑްގެ ފާޚާނާ މިމަރުކަޒުން ދޭ މައުލޫމާތާއި އެއްގޮތައް އަމިއްލަތަކެތީގައިކޮށްދޭނެފަރާތެއް ހޯދުމަށް މިމަރުކަޒުން ކުރި ނަންބަރު L3HC-B/2017/01  (01-11-2017) އިޢުލާނާއިގުޅިގެން އެއްވެސްފަރާތަކުން މަސައްކަތުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް އައިސްފައިނުވާތީ އެއިއުލާނު ބާޠިލްކޮށްފީމެވެ. ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ނޮވެންބަރު 2017 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިމަރުކަޒަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިމަރުކަޒަށް ވަޑިއިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމާއި، އެސްޓިމޭޓްތައް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ދާނީ މިމަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރު ވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ޙާޟިރުވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7902156 ނަންބަރަށެވެ.

 

#

ޕޮއިންޓް ދިނުމުގައި ބެއްލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

65

2

މަސައްކަތުގެ މުއްދަތަށް

30

3

މާލީ ތަނަވަސްކަމާއި މަސައްކަތުގެ ތަޖުރިބާއަށް

5

 

ޖުމްލަ (ސަތޭކަ)

100

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23  ޞަފަރު  1439

12 ނޮވެންބަރު 2017

 

                                                   މުޙައްމަދު ޙަނީފް

                                                     ސީނިއަރ އެޑްމިނިސްޓްރޭޓަރ،ހެލްތުސާރވިސް

12 ނޮވެންބަރު 2017
ހޯދާ