ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ލ.މާމެންދޫ / ދިވެހިރާއްޖެ
ނަންބަރ: (IUL)403-A/403/2017/97
އިޢުލާނު
ވަޒީފާގެ ފުރުޞަތު:
މިކައުންސިލްގެ މުނިސިޕަލް ސަރވިސް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރެވުނު ކައުންސިލްގެ ނަންބަރު (IUL)403-A/403/2017/91 އިޢުލާނާއި ގުޅިގެން ކުރިމަތިލި ފަރާތްތައް މަޤާމުގެ ޝަރުޠު ހަމަނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެ.
| 
 މަޤާމް:  | 
 މުނިސިޕަލް ސަރވިސް އޮފިސަރ  | 
| 
 މަޤާމުގެ ނަންބަރ:  | 
 J-284880  | 
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެމް.އެސް 1  | 
| 
 މަޤާމުގެ ކުލެސިފިކޭޝަން:  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 ސެކްޝަން:  | 
 އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް  | 
| 
 މަޤާމް އޮތް އޮފީސް:  | 
 ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ  | 
| 
 މުސާރަ:  | 
 -/5610 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 -/2000 ރުފިޔާ  | 
| 
 އެހެނިހެން އިނާޔަތް ތައް:  | 
 - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް - ދިވެހިރާއްޖެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން - ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  | 
| 
 މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް:  | 
 1. ރަށްވެހިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. 2. ގޯތި ރަޖިސްޓްރީއާއި އިމާރާތާއި ގޯތި ރަޖިސްޓްރީ ހެއްދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން. 3. އުފަންވާ ކުދިންނާއި މަރުވާ މީހުންނާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓް ފޮނުވައި، އުފަންވާ، މަރުވާމީހުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. 4. ގޯތީގެ އިމުގެ މައްސަލަތަކާއި ވަކިކުރުމާއި، ބަދަލުކުރުމުގެ ކަންތައް ބެލެހެއްޓުން. 5. ގޯތި ދިނުމާއިބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 6. ވިޔަފާރިކުރާ ތަންތަނުގެ ޙުއްދަ ދޫކުރުމާއި ބާތިލް ކުރުމާއި، އެފަދަ ތަންތަނުގެ ރެކޯޑްތައް ބެލެހެއްޓުން. 7. އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި، ރަށްވެހިންގެ ރަޖިސްޓްރީއަށް އެރުވުމާއި، ނަން ބަދަލުކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 8. ބިދޭސީންގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން. 9. އައިޑީކާޑް ހެއްދުން. 10. އޮޑިދޯނި ފަހަރު ބަނުމަށް ދޫކުރެވޭ ބިމާއި، ވިޔަފާރި ކުރުމަށް ކުއްޔަށް ދޫކުރެވޭ ބިންތަކާއި ސަރުކާރުން އެކިއެކި ފަރާތްތަކަށް ދޫކުރެވޭ ބިންތަކުގެ ރެކޯޑް ބެލެހެއްޓުން. 11. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަދުތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.  | 
| 
 މަޤާމްގެ ޝަރުތު:  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ( ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް(ލެވެލް 4) ނުވަތަ ޕްލޭނިންގް ނުވަތަ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަގާމްގެ މަސައްކަތު ދާއިރާއެއްގައި (އެޑްމިނިސްޓެރޭޓިވް ދާއިރާ) 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ( ޕްލޭނިންގް ނުވަތަ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ( ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް (ލެވެލް 4) ނުވަތަ ޕްލޭނިންގް ނުވަތަ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 1. ލިބިފައިވާ ތަޢުލީމާއި ތަމްރީން. 2. ވަޒީފާއާއި ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން. 3. ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު އަދި ތަޖުރިބާ. 4. މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު. 5. އިންޓަރވިއު  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް. 2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންފާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ލިބިފައިވާ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސިޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ. 6. ފުރިހަމަ ކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓު ތަކުގެ ކޮޕީ. 7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ. 8. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސިޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި  | 
 ވަޒީފާއަށް އެދޭފޯމް ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯންޑް ކުރެވެންވެސް ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ނޮވެންބަރު 2017 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.  | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:  | 
 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 26 ނޮވެންބަރު 2017 އާއި 29 ނޮވެންބަރު 2017 އާއި ދެމެދު ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާ ނުވަތަ އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.  | 
| 
 ޝޯޓް ލިސްޓް ކުރުން:  | 
 މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.  | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  | 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %30 ލިބެން ޖެހޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6800705 ނަންބަރު ފޯނާއެވެ.  | 
ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
18 ޞަފަރު 1439
07 ނޮވެންބަރު 2017
ޢަބްދުލްމުޙްސިން މުޙައްމަދު
ކައުންސިލްގެ ރައީސް
