ބިލެތްދޫ ހެލްތު ސެންޓަރ
ދިވެހިރާއްޖެ
ފ. ބިލެއްދޫ ޞިއްޙީމަރުކަޒު ވާރޑްގެ ފާޚާނާ މަރާމާތުކުރުން

ނަންބަރު: L3HC-B/2017/01

އިޢުލާނު

މިމަރުކަޒުގެ ވާރޑްގެ ފާޚާނާ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯއްދުން

            މިމަރުކަޒުގެ ވާރޑްގެ ފާޚާނާ މިމަރުކަޒުން ދޭ މައުލޫމާތާއި އެއްގޮތައް އަމިއްލަތަކެތީގައި، މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެންބަރު 2017 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިމަރުކަޒަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ނޮވެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މިމަރުކަޒަށް ވަޑިއިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމާއި، އެސްޓިމޭޓްތައް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ދާނީ މިމަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރު ވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ޙާޟިރުވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7902156 ނަންބަރަށެވެ.

#

ޕޮއިންޓް ދިނުމުގައި ބެއްލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

65

2

މަސައްކަތުގެ މުއްދަތަށް

30

3

މާލީ ތަނަވަސްކަމާއި މަސައްކަތުގެ ތަޖުރިބާއަށް

5

 

ޖުމްލަ (ސަތޭކަ)

100

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ނޮވެންބަރު 2017
ހޯދާ