މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
2 ކޮޓަރީގެ ގެއެއް ނުވަތަ 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށްހިފުން

2018 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން  ގްރައުންޑް ފުލޯގައި ހުރި 2 ކޮޓަރީގެ އެޕާޓްމަންޓެއް  ނުވަތަ 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންޖެއެވެ.

ވީމާ، ތިރީގައި ދަންނަވާފައިވާ ޝަރުތުތައް ފުރިހަމަވާ ގެޔެއް ނުވަތަ އެޕާޓްމެންޓެއް ( ގްރައުންޑް ފްލޯގައިހުރި ) ކުއްޔަށް ދޭން ގަސްތުކުރާ ފަރާތެއްވާނަމަ 2017 ވަނައަހަރުގެ ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 އަށް  އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަންދަސީ ހިސާބު ހުށަހަޅާނީ ފޯމް ފުރުމަށްފަހު މިސްކޫލްގެ އޮފީހަށެވެ.

         މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ މިސްކޫލްގެ ނަމްބަރ 6740591 އަކާއި ގުޅުން އެދެމެވެ.

ގޭގައި ހުންނަންޖެހޭނެ ޝަރުތުތައް:

  1. ގެ ހުންނަންވާނީ އެކަށީގެންވާ ރަގަޅު ފެންވަރެއްގައި ޢިމާރާތް ކުރެވިފައެވެ. މިގޮތުން ރާނާ، ދެފަރާތުން ސިމެންތިޖަހާ ކުލަލާ، މުޅިގޭގެ އެތެރޭ ތަޅުމުގައި ތަށިމުށިޖަހާ ސީލިންގ ކުރެވިފައެވެ. އަދި ދޮރާއި ދޮރުފަތްލެވި އަތްގަނޑު ތަޅުހަރުކޮށް ދޮރުފޮތި ހަރުކުރެވިފައެވެ. 5 ފޫޓަށްވުރެ އުސްމިނުގައި ގޭގެ ވަށާފާރު ރާނައި ދެފަރާތުގައި ސިމެންތިޖަހައި ދޮރާއި ދޮރުފަތްލެވި އަތްގަނޑު ތަޅު ހަރުކުރެވިފައެވެ.
  2. ރަށުގެ ޕަވަސް ހައުސް އަދި ކުނިގޮނޑުފަދަ ޕޮލިއުޝަންގެ އުދަގޫ ނުވާ ތަނެއްކަމުގައިވުން.
  3. ގޭގައި މަދުވެގެން 2 ނިދާކޮޓަރި އެޓޭޗް ފާޚާނާޔާއެކު، ސިޓިންގރޫމް އަދި ބަދިގެޔާ ކާގެޔާއިއެކު ހުންނަންވާނެއެވެ.
  4. ސިޓިންގް ރޫމްގައި ކައްކާގޮތަށް ހަމަޖެހިފައި ހުރި ތަނެއްކަމުގައި ނުވުން .
  5. ސިޓިންގް ރޫމްގައި ކުޑަވެގެން 10 X 12 ފޫޓް ހުރި ތަނެއްކަމުގައިވުން.
  6. އެއްގޯއްޗެއްގެ ތެރޭގައި ވަކި އެޕާޓްމަންޓްގޮތަށް ޢިމާރާތް ކުރެވިފައިވާ ތަނެއްނަމަ ކުއްޔަށް ދޫކުރާބައި ހުންނަންވާނީ މުޅިންވަކިން ވަދެނިކުމެވޭގޮތަށް ވަކިކުރެވިފައެވެ. ކުއްޔަށް ދޫކުރާބައިގެ ނުވަތަ އެޕާޓްމަންޓްގެ ތެރެއިން އެހެން ބައިތަކަށް ވަދެނިކުމެވޭގޮތަށް ހުރިތަނެއް ކަމުގައި ނުވުން.
  7. މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރިތަނެއްކަމުގައިވުން.
  8. ކުއްޔަށްދޭ ގެ ނުވަތަ އެޕާޓްމަންޓްގައި 2 ކޮޓަރިއަށްވުރެ ގިނައިން ކޮޓަރި ހުރިކަމުގައިވިޔަސް އެކޮޓަރިތައް ވެރިފަރާތުން ބޭނުންކޮށްގެން ނުވާނެއެވެ.
  9. ގޭގެ ކަރަންޓާއި ފެން ހުންނަންވާނީ ވަކިން ބިލްކުރެވޭގޮތަށް ވަކިކުރެވިފައެވެ.
  10. ގޭގެ ސެކިއުރިޓީ ހުންނަންވާނީ ވަރަށް ރަގަޅު ފެންވަރެއްގައެވެ.

ގެއިންދޭންޖެހޭ ޚިދުމަތްތައް:

  1. ގެއިން އިތުރުއަގަކާނުލައި ތިރީގައިމިވާ ޚިދުމަތްތައް ފޯރުކޮށްދެންވާނެއެވެ. މިޚިދުމަތްތައް ދިނުމަށް އެއްބަސްނުވާ ފަރާތެއްގެ ގެ ކުއްޔަށް ހިފާގޮތަށް ހަމަޖެހިފައި ނުވާވާހަކަ ދަންނަވަމެވެ.

11.1    ތަކެތި ދިނުމުން ގޭގައި އުޅޭފަރާތްތަކަށް ކައްކައި ކާން ތައްޔާރުކޮށްދިނުން

11.2    އަންނައުނު އަދި ބެޑްޝީޓް ބާލީސްފަދަ ތަކެތި ދޮވެ އިސްތިރިކޮށްދިނުން

11.3    ހަޑިވިޔަނުދީ މުޅިގެއާއި ގޯތިތެރެއާއި މަގުމަތި އަދި ފާޚާނާތައް ސާފުކުރުމާއި އުފެދޭކުނި ނައްތާލުން

ގޭގައި ހުންނަންޖެހޭނެ ތަކެތި:

12. ގޭގެ ސިޓިންގ ރޫމްގައި ތިރީގައި މިދަންނަވާ ފަރުނީޗަރާއި ތަކެތި ހަމަޔަށް ހުންނަންވާނެއެވެ.

12.1    މަދުވެގެން 6 މީހުންނަށް އިށީންދެވޭ ވަރުގެ ސޯފާސެޓެއް (ކުޑަމޭޒަކާއެކު)

12.2    ޓީ.ވީ (ކުޑަވެގެން 21 އިންޗި)

12.3    ފަންކާ

12.4    އެކަށީގެންވާ މިންވަރަށް ލައިޓް

12.5    ފައިވާން ބަހައްޓާ ހަރުގަނޑެއް

13. ގޭގައިހިމެނޭ ނިދާކޮޓަރިތަކުގައި ތިރީގައި މިދަންނަވާ ފަރުނީޗަރާއި ތަކެތި ހަމަޔަށް ހުންނަންވާނެއެވެ.

13.1    ޑަބަލް އެނދެއް، ރަގަޅު ފެންވަރުގެ ގޮދަޑިއަކާއި އަދި މަދުވެގެން 2 ބާލީހާއެކު

13.2    ކުޑަވެގެން ދެދޮރުފަތްލީ އަލަމާރިއެއް (ކޮނޑުއަޅުވާބައި ހިމެނޭގޮތަށް)

13.3    ޑްރެސިންގ ޓޭބަލެއް

13.4    މަދުވެގެން 2 ބެޑްޝީޓާއި އަދި 4 ބާލީސް އުރަ (2 ސެޓް) އަދި 1 ރަޖާ

13.5    ފަންކާ / އޭސީ އަދި އެކަށީގެންވާ ޢަދަދަށް ލައިޓް

13.6    ޑަސްބިންއެއް

14. ގޭގެ ފާޚާނާތަކުގައި ތިރީގައި މިދަންނަވާ ތަކެތި ހަމަޔަށް ހުންނަންވާނެއެވެ.

14.1    ހެޑްޝަވަރ ނުވަތަ ހޭންޑް ޝަވަރ (ފެންވެރުމަށް ބޭނުންކުރާ)

14.2    ފާވަސް ނުދުވާ ފެންވަރަށް ބޭނުންކުރާ ފެން.

14.3    އުސް ފާޚާނާތަށި

14.4    ފާޚާނާ ސާފުކުރާ ބުރުސް

14.5    ތަޅުންގަޑު އުނގުޅާ ބުރުސް ( ޑެގްބުރުސް)

14.6    މޫނުދޮންނަ ތަށި ، ސައިބޯނި ، ސޭމްޕޫ، ދަތްއުގުޅާބޭސް ފަދަތަކެތި  ބެހެއްޓޭނެ އިންތިޒާމާއެކު މޫނުބަލާ ލޯގަނޑެއް

14.7    މުސްލިމް ޝަވަރެއް

14.8    ތުވާލި އަޅުވާ ހަރު

14.9    އެކަށީގެންވާ ޢަދަދަށް ލައިޓް

15. ގޭގެ ބަދިގެޔާ ކާބައިގާ ތިރީގައި މިދަންނަވާ ތަކެތި ހަމަޔަށް ހުންނަންވާނެއެވެ.

15.1    ދަތިނުވެ މަދުވެގެން 6 މީހަކަށް ކައިބޮއި އުޅެވޭވަރުގެ ޑައިނިންގ ސެޓެއް

15.2    ކަބަޑް ސެޓް (ސިންކް ހަރުކުރެވިފައި)

15.3    އައިސްއަލަމާރި

15.4    މިކްސަރ

15.5    ދަތިނުވެ މަދުވެގެން 6 މީހަކަށް ކައިބޮއި އުޅުމަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު (މުށިތަށި، ތެލި، އޫ، ސަމްސާ، ވަޅި، ޖަގު، ހުނިގޮނޑި ފަދަ ތަކެތި.......)

15.6    ގޭސް އުނދުން (ގޭސްފުޅިއާއެކު – ރަށުން ގޭސް އެޅެންހުންނަ ބްރޭންޑްގެ ހުސްފުޅި)

15.7    ޑަސްބިނެއް

15.8    ފަންކާ އަދި އެކަށީގެންވާ ޢަދަދަށް ލައިޓް

 

 

 

16. ދޮވެ އިސްތިރި ކުރުމުގައި ބޭނުންކުރާ ތިރީގައި މިދަންނަވާ ތަކެތި ގޭގައި ހަމަޔަށް ހުންނަންވާނެއެވެ.

16.1    ދޮންނަ މެޝިން (ފުލް އޮޓޮމެޓިކް / ސެމީ އޮޓޮމެޓިކް)

16.2    ކަރަންޓް އިސްތިރިއެއް

16.3    އިސްތިރިކުރާ މޭޒެއް

17. ގެއާއި ގޯތި ތެރެ ސާފުކުރުމަށް ބޭނުންވާ ތަކެތި ހަމަޔަށް ހުންނަންވާނެއެވެ.

16.1 ގެއާއި ގޯތިތެރޭ ސާފުކުރުމުގައި ބޭނުންކުރާ އިލޮށިފަތި، ކުނިކަހާ ފިހިގަނޑު، މޮޕް ، މޮޕްލުމަށް ބޭނުންކުރާ ބާލިދީ ފަދަ ތަކެތި ގޭގައި ހަމަޔަށް ހުރުން.

 

އެސްޓިމޭޓް ހުށައެޅުން:

  • ހުށައަޅާ އެސްޓިމޭޓްގައި، މަތީގައިވާ ޝަރުތުތައް ފުރިހަމަނުވާނަމަ އެސްޓިމޭޓް ބާތިލް ކުރެވޭނެއެވެ.  
  • އެސްޓިމޭޓް ހުށައެޅުމަށް ގޭގެ ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ ގޭގެ ވެރިފަރާތުގެ ސިޓީއެއް ހުށައަޅަންވާނެއެވެ. އަދި އެސްޓިމޭޓް ހުށައަޅަން ޙާޟިރުވާ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.
  • އެސްޓިމޭޓްތައް ހުށަހަޅާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމުންނެވެ. އެނޫން ގޮތްގޮތަށް ހުށަހަޅާ އެސްޓިމޭޓްތައް ބާތިލްކުރެވޭނެއެވެ. އަދި އެސްޓިމޭޓް ހުށަހަޅާ ފޯމާއެކު ތިރީގައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

 

އެސްޓިމޭޓާއި އެކު ހުށަހަޅަން ޖެހޭ ތަކެތި

  • ގޭގެ ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ
  • ގޭގެ ފުލޯ ޗާޓެއް
  • ގޭގެ އިންވެންޓްރީ 
30 އޮކްޓޫބަރު 2017
ހޯދާ