މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
2018 ވަނަ އަހަރަށް މަގޫދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 23 އޮކްޓޫބަރު 2017 09:00 ގައި ބާތިލް ކުރެވިފައެވެ.


2018 ވަނަ އަހަރަށް ފ.މަގޫދޫ ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

                މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 17:00 އިން ފެށިގެން، ޖެހިގެން އަންނަދުވަހުގެ 7:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް އައުޓްސޯސްކޮށްގެން ސެކިއުރިޓީ ބަލަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްމީ ދުވަސްތަކުގައި ރަސްމީގަޑީގައި ސްކޫލްގެ ގޯތިތެރެއާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ސްކޫލްގެ ރަސްމީ މަސައްކަތެއް ކަމުގައި ވަނީ ހަމަޖެހިފައެވެ.   

               މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ގެންނަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީނުކުރާ އެއްވެސް ފަރާތަކަށް ބައިވެރިނުވޭނެވާހަކަ މިފުރުސަތުގައި ހަނދުމަފުޅުކޮށް އެރުވީމެވެ. މަޢުލޫމާތު ސާފުކުރުން 24 އޮކްޓޯބާރ 2017  ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައި ކުރިއަށްދާނެއެވެ.

އަންދާސީހިސާބު ހުށަހެޅުން 29 އޮކްޓޯބާރ 2017  ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައި ކުރިއަށްދާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި، ހުށަހަޅާފަރާތުގެ ނަންއޮންނަންވާނެއެވެ.

               ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރަމެވެ. މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން މިސްކޫލްގެ އޮފީހަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

               މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮކްޓޯބަރ 2017

19 އޮކްޓޫބަރު 2017
ހޯދާ