މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި ގޯތީގެ ރަޖިސްޓަރީ ހޯދުމާބެހޭ
                                ތިރީގައި މިދަންނަވާ ފަރާތްތަކަށް ހަދައިދެވިފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އަދި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން މިއިދާރާއަށް ވަނީ ހުށަހަޅާފައެވެ.
ވީމާ، މިރަޖިސްޓަރީއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ 10 ދުވަހުގެ ތެރޭގައި މިއިދާރާއަށް އެކަން އަންގަވައި ދެއްވުން އެދެމެވެ.
- ކ. ތުލުސްދޫ "ރަސްފަރި" ގެއަށް ހަދައިދީފައިވާ ނަންބަރު: 06/2005 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ (ވެރިފަރާތް: ޖާބިރު އަޙްމަދު، ޠާލިބު އަޙްމަދު، ވަފިއްޔާ އަޙްމަދު ރަސްފަރި/ކ.ތުލުސްދޫ)
 - ކ.ތުލުސްދޫ "ނޫރުވާދީ" އެވެ ކިޔާ ބަންޑާރަގޯއްޗަށް ހަދައިދީފައިވާ ނަންބަރު:
 
H-4/2007/07 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ (ގޯތީގެ ވެރިފަރާތް: ޒައިނަބު ޒިރާނާ ނޫރުވާދީ/ކ.ތުލުސްދޫ)
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
24 ޛުލްޙިއްޖާ 1434
             29 އޮކްޓޫބަރު 2013
            
        
                    ހޯދާ  
                
                