މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި ދަމަނަވެށީގައި ބެހެއްޓިފައިވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމް މެއިންޓެނަންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި ދަމަނަވެށީގައި ބެހެއްޓިފައިވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމް މެއިންޓެނަންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2017 ޖުލައި 20 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL) 23-AP/23/2017/125 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތުގެ އަންދާސީ ހިސާބުގައިވާ ޓެކްނިކަލް މަޢުލޫމާތާއި މިނިސްޓްރީ އިން ދީފައިވާ ޓެކްނިކަލް މަޢުލޫމާތު ދިމާނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 އޮކްޓޯބަރ 25 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ނޮވެމްބަރ 01 ވާ ބުދަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

28 މުޙައްރަމް     1439    

18 އޮކްޓޫބަރު 2017
ހޯދާ