ދިވެހިރާއްޖެ
އިޢުލާން
ރޯޝަނީ ބިލްޑިންގ އާއި ހެލްތް ސަޕްލައިސް ހިންގަމުންދާ އިމާރާތާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި ދަމަނަވެށީ ހިންގަމުންދާ އިމާރާތުގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތަކާއި ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 އޮކްޓޯބަރ 25 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ނޮވެމްބަރ 01 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
28 މުޙައްރަމް 1439