މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

 

އިޢުލާން

މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ހިންގާ ހޮސްޕިޓަލުތަކަށާއި މަރުކަޒުތަކުގައި މަސައްކަތް ކުރާ ގޮތަށް ބިދޭސީ ނަރުހުން ގެނައުމުގެ ފުރުސަތު ބިދޭސީން ގެނައުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށް މިމިނިސްޓްރީގެ އިޢުލާން ނަންބަރު: (IUL)23/PRIV/2015/04 ގެ ދަށުން ބިދޭސީން ގެނައުމަށް މިމިނިސްޓްރީގައި ރަޖިސްޓްރީ (17 އޮކްޓޫބަރު 2017ގެ 12:00ގެ ކުރިން އެޖެންސީ ރަޖިސްޓްރޭޝަން) ކޮށްފައިވާ އެޖެންސީތަކަށް ހުޅުވާލަމެވެ.  ވީމާ، ނަރުހުން ގެނައުމަށް ޝައުގުވެރިވާ އޭޖެންސީތަކުން ތިރީގައި ދެންނެވިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ވަނަވަރު 2 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އިންޓަރނޭޝަނަލް ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހެޅުމަށް ދަންނަވަމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި " ބިދޭސީ ނަރުހުންގެ ވަޒީފާއާއި ގުޅޭ " މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

މަގާމު: ރެޖިސްޓަރޑް ނަރސް

މަގާމުގެ ޢަދަދު: 90

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2500 ރުފިޔާ

ކޮންޓްރެކަޓް މުއްދަތު: 6 މަސް ދުވަސް ( ނޯޓް: މުވައްޒަފުގެ ޕާރފޯމަންސަށް ބެލުމަށްފަހު ކޮންޓުރެކްޓްގެ މުއްދަތު އިތުކުރެވޭނެއެވެ)

ޝަރުތު:

  1. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާ 6 މަސްދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން 6 މަސްދުވަހު ލޭބަރ ރޫމްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ،

  1. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާ 6 މަސްދުވަހު އޮޕަރޭޝަން ތިއޭޓަރ ނުވަތަ އައިސީޔޫގައި މަސައްކަތް ކޮއްފައިވުން.

ނުވަތަ،

  1. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާ 6 މަސްދުވަހު މަސައްކަތްކޮށް ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުން.

ނޯޓް: ޞިއްޙީ ޚިދުމަތުގައި އަމަލީ ގޮތުން މަސައްކަތް ކޮށް ލިބިފައިވާ ތަޖުރިބާ ފަހުގެ ތާރީޚެއްގައި ލިބިފައިވާ ތަޖުރިބާއަކަށް ވުން. (ފަހުގެ ތާރީޚެއްކަމުގައި ބަލާނީ 2010 އަށް ވުރެ ފަހުން ހޮސްޕިޓަލެއްގައި މަސައްކަތްކޮށް ލިބިފައިވާ އަމަލީ ތަޖްރިބާއަށެވެ.)

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ތައުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި މަސައްކަތު ތަޖުރިބާ އަންގައިދޭ ލިއުމުގެ ކޮޕީ ހުށައަޅަންވާނެއެވެ.
  • މި އިޢުލާނުގެ ދަށުން ހުށަހަޅާ ވަނަވަރުތައް ރިވިއު ކުރުމަށް މި މިނިސްޓްރީގައި އެކުލަވާލެވިފައިވާ ކޮމިޓީއަކުން ބެއްލެވުމަށް ފަހު އެ ކޮމިޓީން ތައްޔާރުކޮށްފައިވާ ކްރައިޓީރިއަރތަކާއި އެއްގޮތްވާ ގޮތުގެމަތިން ހޮވާލެވޭ ފަރާތްތަކަށް މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލަށް ރެޖިސްޓްރޭޝަން  ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.   
  • ޑޮކިއުމަންޓް ހުށަހަޅާ އެޖެންސީއަކުން ހުށަހަޅާ ޑޮކިއުމަންޓް ޞައްޙަ ނުވެގެން މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ރިޖެކްޓް ކޮށްފިނަމަ ބަދަލުގައި އެއެޖެންސީއަކަށް އިތުރަށް އެޕްލިކޭޝަން ލުމުގެ ފުރަސަތެއް ނުދެވޭނެވެއެވެ.
  • ހުށަހަޅާ ޑޮކިއުމަންޓްގެ ޝަރުތު ހަމަނުވެގެން ނުވަތަ އެފަރާތަށް ރާއްޖެ އާދެވޭ ގޮތް ނުވެއްޖެނަމަ އެހެން އެޕްލިކޭޝަނެއް ލުމަށް ފުރަސަތު ދެވޭނެއެވެ.
  • މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް އިން ޕްރީ ރެޖިސްޓްރޭޝަން ލިބޭފަރާތްތައް ރާއްޖެ އައުމުން މި ފަރާތްތަކާއި މިނިސްޓްރީން އިންޓަރވިއު ކުރެވޭނެ އެވެ. އަދި ކޮންޓްރެކް ދެވޭނީ މި އިންޓަރވިއު އިން ފާސްވާ ފަރާތްތަކަށެވެ.
  • އޮފަރ ލެޓާރ ދޫކުރާތާ 15 ދުވަސްތެރޭގައި ވޯކްޕާމިޓަށް ބޭނުންވާ ޑޮކިއުމަންޓްތަށް މިމިނިސްޓްރީއަށް ހުށަހަޅާ އަދި ވޯކްޕާމިޓް ލިބޭތާ 1 މަސް ދުވަސްތެރޭގައި ވަޒީފާދިންފަރާތް މިމިނިސްޓްރީއަށް ރިޕޯޓް ނުކޮށްފިނަމަ އެފަރާތެއްގެ ވޯކްޕާމިޓް ކެންސަލް ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

 

އިތުރު މައުލޫމާތު

އަލަށް ގެނެވޭ ބިދޭސީން އެ މީހަކު ރާއްޖެ އައުމަށް ކަނޑައެޅިފައިވާ ވަގުތާއި ތާރީޚް، ޓިކެޓުގެ ކޮޕީއެއް އަދި ގެސްޓް ހައުސްގެ ރިޒަވޭޝަން 3 ދުވަސްކުރިން މި މިނިސްޓްރީއަށް އީމޭލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި އެމީހަކު ހުރުމަށް ހަމަޖެހިފައިވާ ގެސްޓް ހައުސް ނުވަތަ ހޮޓަލަކާއި ހަމައަށް ގެންދިއުމަކީ އެޖެންސީގެ ޒިންމާއެކެވެ. އެ ބިދޭސީއަކު މަސައްކަތް ކުރަން މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މަރުކަޒަކަށް ބިދޭސީމީހާ ފޮނުވުމުގެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖެއްސުމުން އެމަރުކަޒުތަކަށް އެ މުވައްޒަފުން ފޮނުވާނީ އެޖެންސީތަކުންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3014343 ނަންބަރު ފޯނަށެވެ. އަދި އީމެއިލް [email protected] މެދުވެރިކޮށްވެސް އިތުރު މަޢުލޫމާތު ލިބޭނެ ކަމުގައި ދެންނެވީމެވެ.

 

 

 

17 އޮކްޓޫބަރު 2017
ހޯދާ