ދިވެހިރާއްޖެ
އިޢުލާން
ހެލްތް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ. |
|
މަޤާމު |
ޕްރޮޖެކްޓް އޮފިސަރ |
ބޭނުންވާ އަދަދު |
01 (އެކެއް) |
މަޤާމުގެ ގިންތި |
ވަގުތީ |
ވަޒީފާގެ މުއްދަތު |
1 އަހަރު ( މުވައްޒަފުގެ މަސައްކަތުގެ ޕާފޯމަންސްއަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާނަމަ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ) |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ހެލްތް ޕްރޮޓެކްޝަން އެޖެންސީ |
މުސާރަ |
-/7000 ރުފިޔާ |
ރިސްކް އެލަވަންސް |
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1. އިންފުލުއެންޒާއަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގޭ ސެންޓިނެލް ސައިޓްސް (އައި ޖީ އެމް އެޗް، އޭ ޑީ ކޭ، ހުޅުމާލެ ހޮސްޕިޓަލް) އިން ސާމްޕަލް ނެނގޭ މިންވަރު މޮނިޓަރ ކުރުމާއި މިބަލީގެ ކްރައިޓީރިޔާއަށް ފެތޭ ޖުމްލަ ބަލިމީހުންގެ އަދަދުގެ ރެކޯޑު ބެލެހެއްޓުން 2. އިންފުލުއެންޒާ ޑޭޓާ ބޭސް ބެލެހެއްޓުމާއި، މިޑޭޓާ ބޭސްއިން ރިޕޯޓް އެކުލަވާލުމަށްފަހު ގުޅުންހުރި ފަރާތްތަކަށް ރިޕޯޓު ހިއްސާކުރުން 3. ސެންޓިނެލް ސައިޓްތަކިގެ މަސައްކަތްތައް ލުއި ކޮށްދިނުމަށް މަސައްކަތްކުރުން 4. ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާގެ އިންފުލުއެންޒާ ސަވައިލަންސް ޕްލެޓްފޯމުތަކަށް ރާއްޖޭގެ ޑޭޓާ އެއްކުރުން 5. ޕްރޮޖެކްޓްގެ ދަށުން ތަކެތި ހޯދުމުގެ އިންތިޒާމު ހަމަޖެއްސުން 6. ޕޯސްޓަރ ލީފްލެޓް ފަދަ ތަކެތި ކޮރެލް ޑްރޯ އެޕްލިކޭޝަން، އިންޑިޒައިން އެޕްލިކޭޝަން ބޭނުންކޮށްގެން ތައްޔާރުކުރުން 7. ސީ.ޑީ.ސީ ގްރާންޓުގެ ދަށުން އިންފުލުއެންޒާ ސާރވޭލަންސް ޕްރޮޖެކްޓްގެ އެންމެހާ އިދާރީ ކަންތައްތައް ކުރުމާއި ޕްރޮޖެކްޓް ހިންގުމުގައި ޕްރޮޖެކްޓް ކޯޑިނޭޓަރާއިއެކު މަސައްކަތްކުރުމެވެ. |
މަޤާމުގެ ޝަރުތުތައް |
(މައިކްރޯސޮފް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) |
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. |
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 16 އޮކްޓޫބަރު 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) ކައުންޓަރއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓުންލިބެން ހުންނާނެއެވެ. މި ވަޒީފާގެ "ޓީ އޯ އާރ" މިމިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ. |