ދިވެހިރާއްޖެ
ހާފިޒު އަހުމަދު ސްކޫލް
ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ
ނަންބަރު:GS74/2017/13
އިޢުލާނު
| 
 މަޤާމް  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-132466  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ޤިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ.އެސް 3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
| 
 ސެކްޝަން:  | 
 އެޑްމިން  | 
| 
 މަޤާމް އޮތް އޮފީސް:  | 
 ހާފިޒު އަހުމަދު ސްކޫލް  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ހާފިޒު އަހުމަދު ސްކޫލް/ ފުވައްމުލައް ސިޓީ  | 
| 
 މުސާރަ:  | 
 މަހަކު -/4465 ރުފިޔާ  | 
| 
 ސަރވިސް އެލެވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
| 
 އިތުރު އިނާޔާތްތައް:  | 
 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:  | 
 - ރިސެޕްޝަން ބެލެހެއްޓުން - ސްކޫލަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމާއި ތަކެތީގެ ސްޓޮކް ބެލެހެއްޓުން - ސްކޫލަށް ލިބޭ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަތުން - ބެލެނިވެރިންނަށް ހަވާލުކުރަންޖެހޭ ސްލިޕްތައް ތައްޔާރުކުރުން - ހުރިހާ ސްޓާފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުން - ހުރިހާ މުވައްޒަފުންގެ އޯވަރޓައިމްގެ ކަންތައް ބެލެހެއްޓުން - ސްކޫލްގެ ރަސްމީ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން 
  | 
| 
 މަޤާމުގެ ޝަރުތުތައް:  | 
 1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް މެނޭޖްމަންޓް/އިންފޮރމޭޝަން ޓެކްނޮލޮޖީ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް މެނޭޖްމަންޓް/އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިހާނަކުން 2 މާއްދައިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން 
  | 
| 
 މަޤާމް  | 
 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-266007  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ޤިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެމް.އެސް 1  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސީނިއަރ އޮފިސަރ ގްރޭޑް 1  | 
| 
 ސެކްޝަން:  | 
 އެޑްމިން  | 
| 
 މަޤާމް އޮތް އޮފީސް:  | 
 ހާފިޒު އަހުމަދު ސްކޫލް  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ހާފިޒު އަހުމަދު ސްކޫލް/ ފުވައްމުލައް ސިޓީ  | 
| 
 މުސާރަ:  | 
 މަހަކު -/5610 ރުފިޔާ  | 
| 
 ސަރވިސް އެލެވަންސް:  | 
 މަހަކު -/2000 ރުފިޔާ  | 
| 
 އިތުރު އިނާޔާތްތައް:  | 
 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:  | 
 1. ހަރުމުދަލުގެ ގޮތުގައި ހިމެނޭ ތަކެތީގެ ތެރެއިން ބޭނުންކުރެވޭ ތަކެއްޗާއި ބޭނުންނުކޮށް ގުދަނުގައި ބެހެއްޓިފައި ހުންނަ އެކިއެކި މެޝިނަރީތަކާއި ކޮމްޕިއުޓަރތައް ރައްކާތެރިކަމާއެކު ބަލަހައްޓައި ތަކެތި ހަމަޔަށް ހުރިތޯ ދުވަހުން ދުވަހަށް ޗެކްކޮށް އަމާނާތްތެރި ކަމާއެކު ބެލެހެއްޓުން. 2. އެކިއެކި އިމާރާތްތަކާއި ތަކެތީގެ ތެރެއިން މަރާމާތު ކުރަންޖެހޭ ތަންތަން/ތަކެތި ހޯދާ ބަލާ އެފަދަ ކަމެއް ފެނުމުން ނުވަތަ ލިބޭ މައުލޫމާތަކުން ނުވަތަ ވެރިން އެމަރާމާތެއް ކުރުމަށް އެންގެވުމުން ވެވެންއޮތްހާ އަވަހަކަށް ވީއެންމެ ރަގަޅު ގޮތަކަށް އެމަރާމާތެއް ކުރުން. އަދި އެމަރާމާތަކީ އަމިއްލައަށް ހައްލު ނުކުރެވޭ އެސްޓިމޭޓް އުސޫލުން ނޫންގޮތަކަށް ވާންނެތް ކަމަކަށްވާނަމަ ބަޖެޓް ސެކްޝަނާއި މަޝްވަރާ ކުރައްވައިގެން ބަޖެޓުން ކުރެވެން ހުންނަ މަސައްކަތްތައް އެޑްމިނިސްޓްރޭޓަރުގެ ލަފާގެމަތިން މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް އެކަންކަން ކުރުވުން. 3. ސްކޫލުން ބާއްވާ އެކިއެކި ޖަލްސާތަކަށާއި މުބާރާތްތަކާއި ފާހަގަ ކުރަންޖެހޭ އެކިއެކި މުނާސަބަތުތަކަށް އެކަމެއް ފެށުމުގެ ކުރިން ސައުންޑް ތައްޔާރުކޮށް ބެލެހެއްޓުން. 4. މަސައްކަތު މީހުންގެ މަސައްކަތްތައް އެޑްމިނިސްޓްރޭޓަރުގެ ބެލުމުގެ ދަށުން ރާވާ އެމީހުން މަސައްކަތް ކުރަމުންދާގޮތް ސްޕަވައިޒްކޮށް މަސައްކަތް ރޭވިފައިވާގޮތުން މަސައްކަތަށް އިތުރު ބަދަލެއް ގެންނަން ފެންނަކަމަށްވާނަމަ އެޑްމިނިސްޓްރޭޓަރުގެ ލަފާގެ މަތިން އެބަދަލެއްގެނެސް ދުވަހުން މަސައްކަތް ކުރުވާ ބެލެހެއްޓުން. 5. ސްކޫލްގެ ބަޖެޓުން ހޯދޭ ތަކެތީގެ ތެރެއިން ހަރުމުދަލުގެ ގޮތުގައި އިންވެނޓްރީގައި ހިމަނަންޖެހޭ ތަކެއްޗާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި އަދި އެހެނިހެން ފރާތްތަކުން ދެއްވާ ތަކެތީގެ ތެރެއިން ހަރު މުދަލުގެ ގޮތުގައި ލިބޭ ތަކެތި ލިބޭ ދުވަހު އެތަކެތީގައި ޖަހަންޖެހޭ ހަރުމުދަލުގެ ރަޖިސްޓްރީ ނަންބަރ ޖަހާ ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން. 6. ސްކޫލުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  | 
| 
 މަޤާމުގެ ޝަރުތުތައް:  | 
 1-އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާއަކުންދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 - ލިބިފައިވާ ތައުލީމާއި ތަމްރީނަށް - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ - ލިބިފައިވާ ހުނަރު 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 އޮކްޓޫބަރ 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ހާފިޒު އަހުމަދު ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6861990 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:  | 
 މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 އޮކްޓޫބަރ 2017 އާއި 24 އޮކްޓޫބަރ 2017 އާއި ދެމެދު، ހާފިޒު އަހުމަދު ސްކޫލް ގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
| 
 ޝޯޓްލިސްޓް ކުރުން:  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 
  | 
 (މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.  | 
| 
 އިތުރު މައުލޫމާތު ހޯދުން:  | 
 މި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6861987 ފޯނާއެވެ. ފެކްސް ނަންބަރަކީ 6861990 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.  | 
28 ސެޕްޓެމްބަރ 2017 
