މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

ސީނިއަރ މެނޭޖަރ

ޔުނިޓް/ޑިވިޜަން:

ބޯޑް އެންޑް ގަވަރނަރސް ސެކްރެޓޭރިއޭޓް/ ގަވަރނަރސް އޮފީސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިކޮނޮމިކްސް، ފައިނޭންސް ނުވަތަ ބިޒްނަސްގެެ ދާއިރާއިން މާރސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން
  • ހިންގުމުގެ އިސްވަޒީފާއެއް އަދާކޮށް ތަޖްރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

  • އެކިއެކި ފަންނީ ރިޕޯޓުތައް ތައްޔާރުކުރުމާއި ގަވަރނަރސް އޮފީސް ހިންގުން

ހުނަރުވެރިކަން: 

  • ދިރާސާކުރުމާ، ރިޕޯޓްލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލްކަން ހުރުން
  • އަމިއްލަ އިސްނެގުމާއިއެކު މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން
  • ވާހަކަ ދެއްކުންތެރިކަމާ މުއާމަލާތުކުރުމުގެ ހުނަރު ހުރުން

މުސާރަޔާއި އިނާޔަތްތައް

22,000.00 – 26,000.00 ރުފިޔާ    

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ޑިގްރީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

05 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

28 ސެޕްޓެންބަރު 2017
ހޯދާ