ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
| 
 މަޤާމު:  | 
 ރިލީފް ޓީޗަރ  | 
| 
 ބޭނުންވާ އަދަދު:  | 
 1 ތިނެއް (ޕްރައިމަރީ)  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:  | 
 ށ. މިލަންދޫ ސްކޫލް  | 
| 
 މަޤާމުގެ ބާވަތް:  | 
 ވަގުތީ  | 
| 
 މުވައްޒަފުންގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ  | 
 މަޤާމުގެ އަސާސީ މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.  | 
 4500.00  | 
 1500.00  | 
| 
 މަތީ ޘާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.  | 
 5500.00  | 
 1500.00  | 
| 
 ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
 6090.00  | 
 2500.00  | 
| 
 
 ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރައްވަންޖެހޭ މަސައްކަތްތައް: 
 - ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެ މަތިން ފިލާވަޅުތައް ނަގައިދިނުން. - ކުރިއަށް އޮންނަ ހަފްތާއަށް ލެޝަންޕްލޭންކޮށް ޓީޗިންގ އެއިޑްސް ތައްޔާރުކުރުން. - ސްކީމް އޮފް ވާރކް ތައްޔާރުކުރުން. - ދަރިވަރުން ކުރާ މަސައްކަތް ބަލައި ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތައް ފާހަގަކުރުން. - ޔުނިޓްތައް ނިމުމުން ނުވަތަ ޕްލޭންކޮށްފައިވާ އުޞޫލުން، ކިޔަވައިދެވުނު އެއްޗެއް ދަރިވަރުންނަށް ހާޞިލްވެފައިވާ މިންވަރު ވަޒަންކުރުން. - ސްކޫލްގައި ބާއްވާ ކުޅިވަރު މުބާރަތްތައް ރާވައި ހިންގުމާއި އަދި ސްކޫލުން ބޭރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ތަމްރީނުކުރުން. 
  | 
| 
 
 އެހެނިހެން: އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
  | 
| 
 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން 
  | 
| 
 
 އިންޓަރވިއުކުރުން 
 * މިމަޤާމަށް މީހަކުނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެމުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޚާއިވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ މިސްކޫލުގައެވެ. އަދި ކިޔަވައިދިނުމުގެ ފެންވަރު ބެލުމުގެ ގޮތުން ކުލާހުގައި 01 ގަޑިނެގުމަށް ހަމަޖެހިފައިވެއެވެ. * އަދި މިވަޒީފާއަށްއެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއިތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދިއިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 ވަޒީފާއަށް އެދޭ ފޯމު. (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ..1 2. ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނުދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް) އަދި މަސައްކަތުގެ ތަޖުރިބާދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 3.ވަޒީފާއަށް އެދޭ ފަރާތުގެކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ. 4.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). ތަކެތި ހުށަހަޅަންޖެހޭ އޮފީސް މިވަޒީފާއަށް އެދިހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިސްކޫލުގެ އޮފީހަށެވެ. ފޯމާއިތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 10 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ ހެދުނު 10:00 ގެ ކުރިންނެވެ. ނޯޓު: މިއިޢުލާނާ ގުޅިގެންމިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައްއިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާފަރާތްތަކުން މިސްކޫލުގެ ނަންބަރު 6540541 އާ ގުޅުއްވުން އެދެމެވެ. 
  | 
